ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އެމްޑީޕީން ނިންމައިފި

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު: ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ބުރާސްފަތި ދުވަހު އިހުތިޖާޖު ކުރަން ނިންމައިފި -- ފޮޓޯ/ އެމްޑީޕީ

ސިޔާސީ ގޮތުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރާ މައްސަލައިގައި، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން އެމްޑީޕީން މިރޭ ނިންމައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ފަހުން މިރޭ ވަނީ ފުރަތަމަ ގައުމީ މަޖިލިސް ބައްދަލުވުން ބާއްވައިފައެވެ. އެމަނިކުފާނު ރިޔާސަތުގައި އިންނަވައި ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައި ވަނީ މަގުބޫލުކަން ގެއްލިފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ކަން ކުރަމުންދާތީ އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހޭ ކަމީ އެ ޕާޓީއަށް ބަލަން ނުތިބެވޭނެ ކަމެއް ކަމަށް އެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ސެކްރެޓޭރިއެޓުންނެވެ.

އެ ގަރާރުގައި ވަނީ މައިގަނޑު ދެ ކަމެއް ފާހަގަކުރައްވައިފައެވެ. ފުރަތަމަ ކަމަކީ އަތޮޅުތެރޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމެވެ. އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު 90 ޕަސެންޓާ ގާތަށް ނިމިފައި ހުރި ޕްރޮޖެކްޓްތައް ވެސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ބައެއް ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ނުހިނގާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ދެވަނަ ކަމަކަށް ގަރާރުގައު ފާހަގަކުރީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ބައެއް މީހުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅި މައްސަލައެވެ. އެ ގަރާރުގައި ތުހުމަތުކުރި ގޮތުގައި ސަރުކާރުން އެކަން ކުރަނީ ގާނޫނާ ގަވާއިދުތަކާ ޚިލާފަަށެވެ. ޚާއްސަކޮށް އެމްޑީޕީއަށް ތާއީދުކުރާ މީހުންނާ މެދު އެ ފިޔަވަޅުތައް އަޅަމުން ދަނީ އެއްވެސް އިންސާފެއް ނެތި ކަމަށް ބުނެފައިވެއެވެ.

އެ ގަރާރު މިރޭ ފާސްކޮށްފައި ވަނީ މައިގަނޑު ތިން ކަމަކަމަށެވެ. އެއީ:

  1. އެމްޑީޕީން ރަށު ކައުންސިލްތަކާއެކު މަސައްކަތްކުރުމަށް.
  2. ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާތީއާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންގެ މައްސަލައާ ގުޅިގެން އެކަމާ ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް.
  3. އެފަދަ މީހުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެހެނިހެން އެހީ ދިނުމަށް.

މި ގަރާރު ވަނީ މިރޭގެ ބައްދަލުމަށް ވަޑައިގެންނެވި ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

https://sun.mv/223409

ފާހަގަކޮށްލެވޭ ގޮތުގައި ސިޔާސީ ގޮތުން ބައެއް މުއައްޒަފުން ވަޒީފާއިން ވަކުކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާޙިމް (ކުޑޫ) ވަނީ ހުށަހަޅުއްވާފައެވެ.

ސިޔާސީ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވުމާއި ގާނޫނާ ޚިލާފަށް މުވައްޒަފުން ވަކިކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި ނުވަދިހަ އިންސައްތަ ނިމިފައިވާ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް މިހާރު ވަނީ ހުއްޓާލާފައެވެ. މި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި، އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޕާޓީގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށްވެސް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެމްޑީޕީން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެކަން މި ގަރާރުން ކަށަވަރުކޮށްދެއެވެ.

  • ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރުމާ ދެކޮޅަށް ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުން.
  • ރަށު ކައުންސިލްތަކާ ގުޅިގެން ޕާޓީގެ ހަރަކާތްތައް ރާވައި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރުން.
  • ވަޒީފާއިން ވަކިކުރާ މީހުންނަށާއި ސިޔާސީ ދައުވާ ލިބޭ ފަރާތްތަކަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން މި ގަރާރު ފާސްކޮށް، ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް ރަސްމީކޮށް ފިޔަވަޅުއެޅުން.
ގުޅޭ ޓެގު
comment ކޮމެންޓް