މުޒާހަރާއާ ގުޅިގެން ރައީސް ތެލެސީމިއާ ސެންޓަރަށް: ދެއްވީ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވުން: ދެއްވީ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން-- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި، ތެލަސީމިއާ ސެންޓަރުގައި އެ ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތައް ރޭ މުޒާހަރާ ކޮށްފައިވަނިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ތެލަސީމިއާ ޕޭޝަންޓުންނާއި، އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކުރަން ފަށައިފައި ވަނީ ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވާތީއެވެ.

ރައީސް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ހާލަތު ބެއްލެވުން: ދެއްވީ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން-- ފޮޓޯ: ރައީސް އޮފީސް

މުޒާހަރާ ކުރާ ބައިވެރިން އަންނަނީ، އެމްބީއެސްގެ ޕަބްލިކް ހެލްތު ކޯޑިނެޓާ ފައިސަލް އިބްރާހީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް އައިމިނަތު ޝިރުނާގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއަދު ހެނދުނު ރައީސް އެ ސެންޓަރަށް ވަޑައިގެން ވަނީ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހާލަތު ބައްލަވާލައްވައިފައެވެ. އަދި އެ ވަގުތު އެ ސެންޓަރުން ފަރުވާ ހޯދަމުން ދިޔަ މީހުންނާއި އެ މީހުންގެ އާއިލާތަކާ ބައްދަލު ކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އެމްބީއެސްގެ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

https://www.sun.mv/203992

ރައީސް އޮފީހުން ބުނީ އެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވުމަށް ފަހު އެކަންކަން ހައްލު ކުރަން ކަމާ ބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ލޭ އެޅުމުގައި ދިމާވާ މައްސަލަތަކާއި ބޭނުންވާ ބޭސް ގަވާއިދުން ނުލިބުމުގެ ޝަކުވާއަކީ ޒަމާންވީ ކަމެކެވެ. އެކަންކަމަށް މިހާ ދުވަސްވާއިރު ވެސް ހައްލު ނުލިބުން އެއީ އެ ކުދިންނާއި އެ އާއިލާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

comment ކޮމެންޓް