ކޮންމެ 16 ގަޑިއިރު ތެރޭ އެކަކު ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗަށް ގެންދޭ

އައިޖީއެމްއެޗް: ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކް ޖެހިގެން މީހަކު އައިޖީއެމްއެޗަށް ގެންދޭ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައި --ސަން ފޮޓޯ/ މާނިއު މުހައްމަދު

ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން ފަރުވާ ހޯދުމަށް މީހަކު ގެންދާ ކަމަށް އައިޖީއެމްއެޗުން ރޭ ބުނެފިއެވެ.

ސްޓްރޯކަށް މީހުން ހޭލުންތެރި ކުރުވުމަށް މިއަދު ބާއްވާ ހަރަކާތަކާ ގުޅިގެން އައިޖީއެމްއެޗުން ކުރި ޕޯސްޓެއްގައި އެ ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވަނީ، ސްޓްރޯލް ޖެހިގެން ކޮންމެ 16 ގަޑިރިއަކުން މީހަކު އެ ހޮސްޕިޓަލަށް ގެންދާ ކަން ހާމަކުރައްވާފައެވެ.

އެކަމަކު، އެ ކަމުގެ އިތުރު ތަފުސީލެއް ނުދެއްވައެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، ގިނަ ސްޓްރޯކްތަކަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ، ދިފާއު ވެވިދާނެ ކަންކަމެވެ. މިގޮތުން، ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރުގެ އިތުރުން ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ބެލުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ ސްޓްރޯކް ބަލީގެ ދުވަހާ ގުޅިގެން މިއަދު ހަވީރު 04:00އިން 06:00އަށް އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތުގައި އެ ފުރުސަތު ހިލޭ ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

comment ކޮމެންޓް