ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

ސިވިލް ސާވަންޓުންތަކެއް: މި އަހަރުގެ ރޯދަ މަހު ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ރޯދަމަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނެ ރަސްމީ ގަޑިތައް މިއަދު ކަޑައަޅައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަހަރުގެ ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެނދުރުފަހު 1:00 އަށެވެ.

އެއީ ނިމިދިޔަ ރޯދަ މަހުގެ ވެސް ރަސްމީ މަސައްކަތު ގަޑިއެވެ.

އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ބަންދުކުރަން ނިންމަވައި، އެކަން އިއުލާނުކުރައްވާފައެވެ. އެ މަނިކުފާނު ވަނީ ރޯދަ މަހު ފަހު 10 ސަރުކާރު ބަންދުކުރުމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނަން އެދިވަޑައިގެންފައެވެ.

https://www.sun.mv/190359

ފަހުދިހައިގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށް މިއަހަރުގެ ރޯދަމަސް ވާނެއެވެ.

comment ކޮމެންޓް