Ooredoo
Ooredoo

ޔާމީން ސައީދަށް: ސަރުކާރު ނުދަރައޭ ބުނާ ބަހުގެ މާނައަކީ ކޮބާ؟

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާ -- ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރުން ރާއްޖެ ދަރުވައިނުލައި ސަލާމަތްކޮށްދީފައިވާ ކަމަށް ބުނާބަހުގެ މާނައަކީ ކޮބައިތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ސުވާލު ކުރައްވައިފިއެވެ.

ADK GENERAl

ޔާމީން މިފަދައިން ސުވާލިު ކުރެއްވީ ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެ ބަނގުރޫޓުވަމުން ދަނިކޮށް މި ސަރުކާރުން އައިސް އެ ކަމުން ސަލާމަތްކޮށްދީފައިވާ ކަމަށް ސަރުކާރުން ބުނަމުންދާއިރު، ޔާމީން ވަނީ ރާއްޖެއިން ޗައިނާއަށާއި އިންޑިއާއަށް ދޭންޖެހޭ ފައިސާ ކޮބައިތޯ އައްސަވައިފައެވެ.

"[ރައީސް މުއިއްޒު] ރިޔާސީ ބަޔާނުގައި މި ވިދާޅުވާ ވާހަކައިގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރު ނުދަރައި މި އަހަރު ސަލާމަތްކޮށްދީފީމޭ. އަޅުގަނޑު ސައީދުމެންނަށް ހަމަ ދަންނަވައިލަން އޮތް ވާހަކައަކީ ސަރުކާރު ނުދަރަނީ ކޮން ގޮތަކަށްހޭ؟ ދަރަނި މާނަކުރައްވަނީ ކިހިނެއްހޭ؟" ޔާމީން ސުވާލު އުފެއްދިއެވެ.

ސައީދުގެ ކިބައިން ޔާމީން އެދިވަޑައިގަތީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެއްވުމަށެވެ.

ރޭ ބޭއްވި އަހާ ފޯރަމްގައި ސައީދު ވަނީ، މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހަ ޕަސެންޓަށް އުފުލިގެންދާނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުން އަންދާޒާކުރި ނަމަވެސް، އެ ރޭޓު ތިން ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން ޔާމީން ވިދާޅުވީ އެއީ ރޯ ބުހުތާން ވާހަކައެއް ކަމަށާއި، ރާއްޖޭގެ އިންފްލޭޝަން ކަނޑައެޅިގެން މި ވަގުތު ހުންްނާނީ ތިން ޕަސެންޓުގައި ނޫން ކަމަށެވެ. ޒިންމާދާރު ކަމެއް ނެތި އަދަދުތަކެއް ވިދާޅުވަނީ ކަމަށް ތުހުމަތު ކުރައްވައި، ޔާމީން ވަނީ އެއީ ކާކު ހެއްދެވި ހިސާބެއްތޯ ވެސް އައްސަވައިފައެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކުން ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން އަންދާޒާކުރި އެއް ކަމެއް ވެސް އަދި ދެކޮޅަށް ހިނގާފައެއް ނުވެއެވެ. ޔާމީން ވިދާޅުވީ މާލީ އިދާރާތަކުން ލަފާކޮށްފައިވާ ހާލަތަށްވުރެ ރާއްޖޭގެ އިގުތިސާދު ބޮޑުތަނުން ރަނގަޅުނަމަ، އެ ކަމެއް އެ ވީ ސަރުކާރުން ކޮން ކަމެއް ކޮށްގެންތޯ ވެސް ބުނެދޭންވާނެ ކަމަށެވެ.

".... ތިމަންމާމެން އިގުތިސާދު މެނޭޖުކޮށްފީމޭ އިންފްލޭޝަން މި ހުރީ ތިން ޕަސެންޓުގައޭ، މިއީ ހަމަ ރޯ ބުހުތާން ވާހަކައެއް. ރާއްޖޭގެ އިންފްލޭޝަން މި ވަގުތު ނުހުންނާނެ ތިން ޕަސެންޓުގައެއް. އިމްޕޮސިބަލް. އެކަމު ހަމަ ފިގާއެއް ބުނަން ވެގެން ބުނަނީ. ކާކު ހެދި ހިސާބެއްތޯ މިއީ؟" ޔާމީން ވިދާޅުވިއެވެ.

ތަކެތީގެ އަގު ހިފެހެއްޓިފައިވާ ކަމަށް ސަރުކާރުން ބުންޏަސް، ތަކެތީގެ އަގު ބޮޑުވާކަމުގެ ޝަކުވާތައް އާންމުން ކުރާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިޞާދީ ހާލަތާ ގުޅޭ ގޮތުން ޔާމީން މިރޭ ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފާސްހިސާބުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އާމްދަނީ ދަށްވެފައިވާ ކަމަށް ވަނީ ދައްކާފައެވެ.

https://sun.mv/202609

މި ސަރުކާރުން އަންނަނީ އާމްދަނީ އިތުރުކުރުމަށް އިގުތިސާދު ސިންދަފާތު ކުރުމަށް މަސައްކަތްތަކެއް ފެށުމުގެ އިތުރުން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

މިދިޔަ އަހަރު ދައުލަތުގެ އިގުތިސާދީ ހާލަތު ދަށްވުމާ ގުޅިގެން ބޭރުގެ އިދާރާތަކުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލައިފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދެއް ރާއްޖެ އައިސް، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ވަޒަންކުރުމަށް ފަހު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހާ މައުލޫމާތު ހިއްސާކުރަމުން ވެސް ވަނީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލައިފައެވެ.

Redstar
comment ކޮމެންޓް

comment މުލޭ

1 month 1 week ago

މަނިކުފާނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީ ހިންގަން ހަވާލުކުރީ ކަނޑުކޮހަކާތަ. އެހެން ބުނާކަހަލަ. ވޭތުވެދިޔަ ދެ ސަރުކާރުގައި ނެގިދަރަނި އޮންނާނެ ބޯކޮށް. ދަރަނީގެ %99 އަށް ޒިންމާވާންޖެހެނީ ޔާމީނާއި އިބޫ.

comment ނަވާޒް

1 month 1 week ago

ރާއްޖެއިން ދުނިޔޭގެ އެންމެބޮޑު ދޮލަނގު އުފެއްދުމުގެ މަޝްރޫ އިއުލާން ކުރަންވީ.

comment ގީރު

1 month 1 week ago

ގައުމުގައި ސަރުކާރުން ހަދާ ދޮގު އެބަޖެހޭ އަގުމަގު ކޮއްފަ އެއީ ވެސް ދައުލަތުގެ ހަރު ޖުދަލަކަށް ހަދައި އެތަކެތި ގޮސް ބޭންކުތަކުގަ ރަހުނު ކުރަން. މިހާރު ދެން އެންމެ އަގުބޮޑު އެންމެ ހިނގާ އެކައްޗަކީ ދޮގު ކަމުގައިވާތީ ސަރުކާރުގެ ދޮގުތަށް ދޮލަނގުތަކަށް ލާފަ ރައްކާކުރަންވީ ފަހުގެ މުސތަގުބަލުގެ ދިވެހި ރައްޔިތުންނަށް ތަރިކައިގެ ގޮތުގަ ވާރުތަކުރަން.

comment ދޮލަނގު

1 month 1 week ago

މިހާރު ވެރިކަން ހިނގަނީ ދޮލަނގިޒަމްގެ ސިޔާސަތާއި ފަލްސަފާގެ ތެރެއިން. ދޮލަނގިޒަމްގެ ދަށުން ރާއްޖޭގެ އިންފުލޭޝަން ވެސް 3 ޕަސަންޓަކަށްވުރެ މައްޗަކަށް ނާރާނެ. ޑޮލަރު ބޮޑު އަގުގަ ލިބުނަސް ދޮލަނގިޒަމްގެ ގެ ނަޒަރިއްޔާގެ ޑޮލަރު އެދަނީ ދަށަށް. އަދި އާމްދަނީ މަދުން ލިބުނަސް އެލިބެނީ އަސްލު ގިނަކޮއް. އަދި ކަމެއް ނުކުރިޔަސަ ބައިވަރު ކަންކަން ކުރެވޭ.

comment ސަމް

1 month 1 week ago

ދޮލަނގޭމެން ބުނަނީ ޑޮލަރުގެ އަގުވެސް ހެޔޮ ވެއްޖެކަމަށް. އެކަމަކު އަދިވެސް ޑޮލަރު ވިއްކާ ފަރާތްތަކުން އެ ވިއްކަނީ 19 ރުފިޔާ ގެ މަގުން. ޑޮލަރުގެ އަގު 19 ރުފިޔާ އިން މައްޗަށް އެރީ ވޭތުވެދިޔަ 12 މަސްތެރޭ.

comment ޝައު

1 month 1 week ago

ދޮލަނގު ސަރުކާރަށް ގައުމު ދެރީކަމަށްވަނީ މަގޫފަތް ކާންޖެހުނީމަ. ދުނިޔޭގެ އެހެން ގައުމުތަކާއި ބައިނަލް އަގުވާމީ އިދާރާތަކުން ގައުމެއް ދެރުމަކީ ކޮބާކަމާއި އޭގެ މިންގަނޑުތަކެއް ހުއްޓަސް މިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ އާއި މިނިސްޓަރުން އެ ގަބޫލެއް ނުކުރާނެ. މިއީ ދުނުޔެއިންވެސް ބޭރު އަދި މާ އެޑުވާންސު މިންގަނޑުތަކެއް ގެންގުޅޭބަޔެއް. ސައީދުއަށްވެސް އެހެންތާ ބުނެވޭނީ، އެތިބީ 24 މިލިޔަން ޑޮލަރު ބަންކަރިންނަށް ޚަރަދުކޮއްގެން 400 މިލިޔަންޑޮލަރުގެ އާމްދަނީ ގައުމަށް ވަންނާނެ ފޯމިއުލާ އުފައިއްދައިގެންނެވެ. އެއީ ދުނިޔޭގެ ބޮޑެތި އިގުތިސޯދީ އަދި މާލީ މާހިރުންވެސް ސިއްސުވާލާވަރުގެ މޮޅެތި ފޯމިއުލާއެވެ. ކެކެކެ..

comment ސަމާހް ގަފޫރު

1 month 1 week ago

މާމޮޅު އިކޮނަމިސްޓަކަށް ވެގެން އުޅެނީ އެކަމު ވެރިކަން ކުރަން ހަވާލު ކުރީ އެންމެ ފަހަރަކު. އެފަހަރު ބައިތުލް މާލް ދަވާލީ.. އަދިވެސް އަނގަ ހުޅުވާތި. ރީތި ކޮއް މުއިއްޒު އާ އެކީ މިސަރުކާރުގަ ހުރިނަމަ 2028 ކާމިޔާބު ވީސް. މިހާރު ރައްޔިތުން ބަލައި ނުގަނޭ ޔާމިނު އެއް!

comment ބުރޯ

1 month 1 week ago

ތި ޕޯޑިއަމްއައް މައިޒަރު އަރާ އަނގަހާވަން ކުފޫހަމަވޭތޯ. ކުރޮޅި އާދަމް ޒަހިރު ދިވެހި ބަހުގެ މާމޮޅު މީހަކައް ހަދާދޭނަމޭ ބުނެގެން މައިޒަރުމެން އިސްކޮޅާ ނުބައްދަލު ވާހަކަ ދައްކަން އޯކޭ. އެހެންނޫނަސް ޕީއެންސީއިން ޕީއެންއެފައް ބަދަލުވާން ފޯމުގެ ވާހަކަ ދައްކާލަން ގުޅީމަ އެއްފަހަރު ނަގާފަ ދެން ބަހަބަރު. އާރަށައް ޓީޓީ ކުޅެން ގެންދާކޮންމެ މީހަކު ސިޔާސީ ފަހުލަވާނުންނައް ވަންޔާ މީ ގޯސްވެދާ ހިސާބު. ކޮނޑުގަ އެލިގަންނަ ކޮންމެ މީހަކީ ގޮވައިގެން ހިނގަން ޖެހޭ ބައެއްނޫނޭ ނަގާ ހޫރާލަންޖެހޭ ފަހަރުވެސް އަންނާނެ. އެހެންނޫނަސް އެއްވެސް ކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަނީ. އެންމެ ކުރީގެ މާލެ ލޮލަން ނުފެންނަ ކުދި ކުދި ބޮޓުން. އަދި އެންމެ ރަނގަޅު މީހުނެއްނޫން ކައިރީގަ ތިތިބީ ކުރިން ބުއިކަހަލަ ބޮނޑިއެއް ލިބިދާނެ އަނެއްފަހަރު. ރަނގަޅުކޮއްލާ

comment ބައްޕަލޭ

1 month 1 week ago

ބަންކަރިންގ ކަންތަކުގަ ސައީދު ވ އަވަދިނެތި އުޅުއްވަނީ.

comment ނުކިޔަވާ މިހާ

1 month 1 week ago

މާނަ ބުނެދިނަސް ނޭނގޭނެ!!! ވެރިކަމުގެ ގޮނޑިއަށް ބޫތުކައިފައި!!!!!

reply ޝާން

1 month 1 week ago

މި ވެރިކަމުގަ އަބަދުވެސް މާނަ ނެރޭނީ ޅެންވެރިޔާގެ ބަނޑުން ސަރަހަ ނެރޭ ބީދާއިން.

comment ވިލް

1 month 2 week ago

ކަލޯ ބޮޑާބެ ކަލޯ ނޫނަސް ކަންކަން ދަންނަ ކުރަން އިނގޭ މީހުން އުޅޭ.