އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމަށް އައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ނަން މިއަދު ބަދަލުކުރައްވައިފިއެވެ.
އޭސީސީގެ ނައިބަކަށް އައްޔަންކުރައްވަން ކުރިން ރައީސް ފޮނުއްވީ މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދުގެ ނަމެވެ. ނަމަވެސް، މިއަދު ރައީސް ވަނީ ނަން ބަދަލުކުރައްވައި، މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ.
އެގޮތުން، އޭސީސީގެ ނައިބަކަށް ރ. އަލިފުށީ، ފަސާނާ، އަބްދުﷲ ނާޝިދު އައްޔަން ކުރައްވަން އެ ސިޓީގައި އެ މަނިކުފާނު ވަނީ ހުށަހަޅުއްވައިފައެވެ.
އެއާއެކު ނާޝިދު މަގާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ނަން ދިރާސާކުރުމަށް ވަނީ ފޮނުވައިފައެވެ.
އެ ކޮމިޝަނުގައި ތިއްބަވަނީ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަބްދުﷲ ނާޝިދުގެ އިތުރަށް އަޙުމަދު ނާޝިދެވެ.