ތިން ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
އެ މަގާމުތަކަށް އައްޔަނުކުރަން ރުހުންދިން ބޭފުޅުންނަކީ:
- ފިލިޕީންސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް - މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު
- ކިންގްޑަމް އޮފް ސްޕެއިނަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް - އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް
- ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރަކަށް --- ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު
އެބޭފުޅުން ސަފީރުކަމަށް އައްޔަނުކުރަން އެހި ވޯޓުގައި ތާއިދުކުރެއްވީ 54 މެންބަރުން ކަމަށްވާއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މަޖިލީހުން ވަނީ ގައުމުތަކަށް ނޮން ރެސިޑެންޓު ސަފީރުންނަށް ރުހުންދީ، ބައިނަލްއަގުވާމީ އިދާރާތަކަށް ޚާއްސަވާ މަންދޫބުން އައްޔަންކުރުމަށް ނަން ހުށަހަޅައި ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވެއެވެ.