މާލޭގެ މާފަންނުގައި ހުރި ގެއެއްގައި މިއަދު ހެނދުނު އަލިފާން ރޯވެއްޖެއެވެ.
ރޯވެފައިވަނީ މާފަންނު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީ ހުންނަ މ.ހައުސްޕްލާޒާ ގޭގައެވެ. އެ ގެއަކީ ފަޅަށް ދޫކޮށްލައިފައި ހުރި ގެއެކެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ގޭގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ހަރަކާތްތެރިވެފައެވެ.

މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވުން -- ފޮޓޯ/ އެމްއެންޑީއެފް
އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވުން -- ފޮޓޯ/ އެމްއެންޑީއެފް
"ސަން"އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އިތުރު މައުލޫމާތު ލިބެމުން ދާ މިންވަރަކަށް ހިއްސާކުރާނެ ކަމެށެވެ.

މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވުން -- ފޮޓޯ/ އެމްއެންޑީއެފް
މީގެ ދެ ހަފްތާ ކުރިން ވަނީ މަޖީދީ މަގުގައިހުރި ގުދަނެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް މިލިއަން ރުފިޔާގެ ގެއްލުންވެފައެވެ.