އަލިފާނުގެ ހާދިސާއެއް ހިނގައި، އޭޑީކޭ ކުންފުނީގެ "ނައިވަމާ" ނަމަކަށް ކިޔާ ޔޮޓެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރީތި ރަށް ރިސޯޓާ ދިމާ ފަސް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "ނައިވަމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
މައްސަލަ ރިޕޯޓުކުރީ އެ ދުވަހުގެ ފަތިހު 03:43 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ފަސް މީހުން ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނައި ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ނަމަވެސް، އެ ހާދިސާގައި ޔޮޓު އަޑިއަށް ދިޔަ ނަމަވެސް ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ނަވައިމާ އަކީ އޭޑީކޭ ކުންފުނިން ލަގްޒަރީ ޗާޓާތަކަށް ދޫކުރާ ޔޮޓެކެވެ.