ރީބޫޓުތަކަށް ފަހު ފެންޓާސްޓިކް ފޯގެ ޓްރެއިލަރު މި އޮތީ

ޑިޒްނީން މިހާތަނަށް އެންމެ ގިނަ ފަހަރަށް ރީބޫޓްކޮށްފައިވާ މާވެލްގެ ސުޕަހީރޯ ޓީމުގެ ފްރެންޗައިޒް ކަމަށްވާ "ފެންޓަސްޓިކް ފޯ"ގެ އާ ރީބޫޓްގެ ފުރަތަމަ ޓްރެއިލަރު އާންމުކޮށްފިއެވެ.

ފެންޓާސްޓިކް ފޯ އަލުން ރީބޫޓުކޮށް މުޅީން އާ ތީމަކުން ނެރުމަށް އިއުލާނުކޮށްފައިވަނީ މީގެ ތިން އަހަރު ކުރީންނެވެ. އެއަށް ފަހު މީގެ ދެ އަހަރު ކުރީން ފިލްމަށް އެކްޓަރުން ހޯދަން އިއުލާނުކޮށްފައިވެއެވެ.

ކޮމިކްތަކަށް ބިނާކޮށް ޑިޒްނީން ތައްޔާރުކުރާ މާވެލް ސުޕަހީރޯ ފިލްމުތަކެއް ކަމަށްވާ ފެންޓާސްޓިކް ފޯ ހިޓަކަށް ހަދަން މަސައްކަތްކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް، އެކަން އަދި ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. މި ފަހަރަކީ ތަފާތު ފަހަރަކަށް ވާނެ ކަމަށް ޑިޒްނީން ޔަގީންކަން ދެއެވެ.

އެންމެ ފަހުން ފިލްމުގެ ފުރަތަމަ ޓްރެއިލަރު ވަނީ އާންމުކޮށްފައެވެ. ޓްރެއިލަރުން ފެންނަ ގޮތުގައި އާ ފިލްމު ވެގެންދާނީ ކޮމިކާ އެއްގޮތް ފިލްމަކަށެވެ. އެއީ، އޮރިޖިނަލް ކޮމިކާ އެއްގޮތަށް ރެޓްރޯ ތީމަށް ދައްކާނެ ފިލްމަކަށް ވާތީއެވެ. އަލަށް ނެރުނު ޓްރެއިލަރުން ފިލްމުގެ ލީޑް ކެރެކްޓަރުން ވަނީ ފެނިފައެވެ.

އަލަށް ނެރޭ ފިލްމުގައި ލީޑް ރޯލުން ފެނުނީ ޕެޑްރޯ ޕާސްކަލާއި ޖޮސެފް ކުއިނާއި ވެނެސާ ކާބީ އަދި އިބަން މޮސްއެވެ.

"ފެންޓަސްޓިކް ފޯ: ފަސްޓް ސްޓެޕް" ކިޔާ މި ފިލްމު ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 25 ގައެވެ.

ފެންޓާސްޓިކް ފޯގެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 1994 ވަނަ އަހަރެވެ. އެއަށް ފަހު ފިލްމު ފްރެންޗައިޒް ފުރަތަމަ ރީބޫޓްކޮށްފައިވަނީ 2005 ގައެވެ. އެ ފަހަރު ވަނީ ދެ ފިލްމެއް ނެރެފައެވެ. ދެން އަނެއްކާ 2015 ވަނަ އަހަރުގައި ފިލްމު ރީބޫޓް ކުރިއެވެ. އެ ފަހަރު ވެސް ފިލްމުވީ ދިޔައީ ބޮޑު ފްލޮޕަކަށެވެ. އެއާއެކު މިފަހަރުގެ ފިލްމަށް ވާނެ ގޮތެއް ބަލަން ވަރަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

comment ކޮމެންޓް