ބްރޯޑްކޮމްގެ މެމްބަރުކަމަށް މުހަންމާއާއި ސަރާހަތު އައްޔަންކޮށްފި

ބްރޯޑްކޮމްގެ މެމްބަރުކަމަށް މުހަންމާއާ ސަރާހަތު އައްޔަނު ކޮށްފި ---

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ ދެ މަގާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އައްޔަން ކޮށްފިއެވެ.

ބްރޯޑްކޮމްއިން މިރޭ ވަނީ އެ ދެ ބޭފުޅުން މަގާމަށް އައްޔަނު ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

އެދެބޭފުޅުން އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހިން ދީފައި ވަނީ މިދިޔަ ބުރާސްފަތީގައެވެ.

މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަންގެ މެންބަރުކަމަށް ދެ ބޭފުޅުން އައްޔަންކުރަން ވޯޓަށް އަހާފައި ވާއިރު އެ ވޯޓުގައި ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް 68 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އެ ކޮމިޝަނަށް މުހަންމާ އައްޔަންކުރަން ރުހުން ލިބުނީ 58 މެންބަރުންގެ ވޯޓުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ މަރުހަލާގައި އިންޓަވިއުއިން ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަންކުރުމާ މެދު ވޯޓަށް އެހުމުން އޭނާ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 50 މެންބަރަކު ވަނީ ވޯޓުދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މުހަންމާއާ އެކު ބްރޯޑްކޮމްއަށް އައްޔަންކުރަން އެދިވަޑައިގެންނެވި އިތުރު ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަނީ އިންޓަވިއުއިން ކަޓައިފައެވެ.

https://sun.mv/201339

ބްރޯޑްކޯމްގެ ދެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިދިޔަ ޑިސެންބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.

comment ކޮމެންޓް