ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވި މީޑިއާތަކުގެ ތެރެއިން އެއް މީޑިއާ އުނިކޮށް، 39 މީޑިއާއަކަށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.
މާލީ އެހީ ހޯދަން ކުރިމަތިލި، 41 މީޑިއާއަކުން ޝަރުތު ހަމަވިއެވެ. އެ މީޑިއާތަކުން އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
އެކަމަކު، މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ޝަރުތު ހަމަވި 41 މީޑިއާއެއްގެ ތެރެއިން ދެ ހުށަހެޅުމަކީ، އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއަމްއެއް ކަން ފާހަގަވުމާ ގުޅިގެން އެ މީޑީއާއާ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ.

ދިވެހި މީޑިއާތަކެއް: ޝަރުތު ހަމަވި މީޑިއާއެއް އުނިކޮށް، ދައުލަތުން ފައިސާ ދިނުމުގެ މަސައްކަތް ފަށަން އަންނަނީ މަސައްކަތް ކުރަމުން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
މިގޮތުން، ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވައި، އެ މީޑީއާއާ ހިއްސާކުރި ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އެ ކަން ހައްލުކޮށް ނިމެންދެން އެ މީޑިއާއަށް ފައިސާ ދޫނުކުރުމަށް ޔޫތު މިނިސްޓްރީއަށް އަންގާފައިވާނެ ކަން ބަޔާނުގައި ފާހަގަކުރިއެވެ.
އެއާއެކު، ބާކީ 39 މީޑިއާއަކަށް ފައިސާ ދިނުމުގެ ކަންކަން ޔޫތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރަމުން އަންނަ ކަމަށް ކޮމިޝަނުން ބުންޏެވެ.
މި ކޮމިޝަނުން މިދަނީ، އެހީއަށް ހުށަހެޅި މީޑިއާ، އެޕްގެ ތެރެއިން ގެނެވުނު ބަދަލުތައް ފެންނާނެ ގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ފާހަގަކުރެވޭ ގޮތުގައި، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކުރާތީ، ސޯޝަލް މީޑިއާގައި އިދިކޮޅު ފިކުރުތަކުގެ ބައެއް ސިޔާސީ މީހުން ވަރަށް ފަހުން ވަނީ ފާޑުކިޔާފައެވެ.
އޭރު ގިނަ ބަޔަކު ނުރުހުން ފާޅުކުރީ، ބޭސް ނުލިބޭ މައްސަލައާއި ދަރިވަރުންގެ ފައިސާގެ ކަންކަން ލަސްވާ މައްސަލަ ބޮޑުވެފައި އޮއްވައި ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭތީ ކަމަށް ބުނެއެވެ.