Ooredoo
Dhiraagu

އެތެރެއިން؛ ދެބަސްވެ، ޕީއެންސީ ބައެއް މެންބަރުން ފޫކަހާފައި

ޕީއެންސީގެ މަޖިލިސް މެންބަރުން: ބައެއް މެންބަރުންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން ބޮޑު-- ސަން ފޮޓޯ/ މޫސާ ނަދީމް

"މަޖިލީސް ހަމަ ކިރިޔަކިރިޔާ ނުރޫޅި އޮތީ... ގްރޫޕުތަކުގައި ވެސް އަބަދު ރުޅިގަދަވެފައި. ވަރަށް ބޮޑަށް ފޫކަހާފައި އެބަތިބި ބައެއް މެންބަރުން،"

MTCC

ޕީއެންސީއަށް ބިޔަބޮޑު ސުޕަ މެޖޯރިޓީއެއް ލިބުނުއިރުގައި ވެސް މިހެން މިކަން ވެދާނެ ކަމަށް ބެލެވުނެވެ. އެއީ، މާޒީގައި ކަން ހިނގި އުސޫލު ވެސް ފެންނާން އޮތީމައެވެ. އެއް އުރައެއް ތެރެއަށް ލައްވައިގެން 75 މެންބަރުން ގެންގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ކުޑަ ވެސް ކަމެއް ނޫނެވެ.

އެތެރެއިން ވާހަކަދެއްކި މެންބަރުންނާއި ސަރުކާރުގެ ބައެއް ވެރިންނަށް ވެސް މިކަން އެނގެއެވެ.

އެކި ކޮޅުކޮޅުން ލިބޭ އެކި މައުލޫމާތު އެއްކުރުމުން އެނގޭ ގޮތުގައި ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ސަރުކާރާއި މެންބަރުންނާ ގުޅުން ކުޑަވުމެވެ. މަޝްރޫއުތައް ނުހިނގުމެވެ. ރައްޔިތުންނަށް ދަތިވާ ބައެއް ކަންކަމުގައި މެންބަރުން ބޭނުންވާ ގޮތަށް ކަންތައްތައް ނުދިއުމެވެ.

https://sun.mv/201330

މާލީ ދަތިތަކާއި އިގުތިސާދީ މިސްރާބަށް ބަލާފައި ކަންކަން ކުރެވިދާނެ ކަމަކަށް ބައެއް މެންބަރުން މިހާރު ގަބޫލެއް ނުކުރައްވައެވެ. ދާއިރާ ރައްޔިތުންނާ ވެސް ދެބަސްވާން ޖެހެނީއެވެ. ރައްޔިތުންގެ ޕްރެޝަރު ވެސް މެންބަރުންނަށް ބޮޑީއެވެ. އަމުދުން ބައެއް ކަންކަމުގައި ސަރުކާރު ދިފާއުކުރަން ވެސް ދަތީއެވެ.

މަޖިލީހުގެ ތެރޭގައި ފަޅައިގެން ދިއުން

ބައެއް މެންބަރުން ނުރުހުންވެފައި ތިބޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު، ފާޅުގައި އެއްޗެއް ނުބުނެއެވެ. ގިނަ ފަހަރަށް ޒުވާބެއް ވިއްޔާ ކުރަނީ ވަޓްސްއެޕް ގްރޫޕުގައެވެ. މަޖިލީހު ކުޑަ ދަށުގައި ދައްކަވާ ވާހަކަ ވެސް މަދެއް ނޫނެވެ.

އެކަމަކު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހޯމަ ދުވަހު މަޖިލީސް ތަޅުމުގައި އެ ވާހަކަ ވިދާޅުވެއްޖެއެވެ.

https://sun.mv/201585

"މި ވަޒީރުން ފޯނު ނުނަންގަވާ މައްސަލައަކީ ބޮޑު މައްސަލައެއް. އަދި، ކަންތައްތައް ނުކޮށްދޭ މައްސަލައަކީ ވެސް ވަރަށް ބޮޑު މައްސަލައެއް.. މިއިން ބައެއް ވަޒީރުން ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރާކަން، ނުވަތަ އިޚުލާސްތެރިކަމާ އެކު މަސައްކަތްކޮށްދޭކަން އަޅުގަނޑުމެންނަށް ކަށަވަރެއް ނޫން،" އޭނާ ވިދާޅުވިއެވެ.

"ވަޒީރުންނަށް ހީވާ ކަހަލަ، ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމާ އެ ބޭފުޅުންނަށް މަގާމުގައި ތެމިތިބެވޭނޭ ބައިވަރު ދުވަހު... 18 ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ހުންނާނީ އަޅުގަނޑުމެންގެ ވަޒީރުން މަގާމުން ވަކިކޮށްފައި. އެކަން މިހާރު ވެސް ހަނދާންކޮށްދެން ވަޒީރުންނަށް،"

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު: އޭނާ ވަނީ ރައީސާ ގާތްވިޔަސް މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް

އޭނާ ދެއްވީ އިންޒާރެއް ކަމެއް ނަސޭހަތެއް ކަމެއް ނޭނގެއެވެ. ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަކީ މަގާމުގައި ދެމިހުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. ކުރީގެ ޕީޕީއެމް ވެރިކަމުން މިސާލު ދައްކަވަމުންނެވެ. އެއީ، އެ ވެރިކަން ދޫކޮށްލާފައި ނުކުތް 12 މެންބަރުން ތެރޭން މެންބަރެކެވެ.

އެ ދުވަހު ޕީއެންސީގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވެސް ވަނީ ނުރުހުމުގެ ބޮޑު މެސެޖެއް ދެއްވާފައެވެ. އޭނާ ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމަށް ކުރިން ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އަލީ ހައިދަރު ބަދަލުކުރެއްވުމުން، އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދީފައެވެ.

އެއީ، ޕީއެންސީގެ މެންބަރަކު ރައީސް އައްޔަންކުރެއްވި ވަޒީރަކަށް ނޫނެކޭ ބުނި ފުރަތަމަ ފަހަރެވެ.

އަސްލު، ރައްޔިތުންގެ ޕްރެޝަރު ވަރަށް ބޮޑު

އެތެރެއިން މައުލޫމާތު ދިން މަޖިލީހުގެ ސީނިއާ މެންބަރަކު ވިދާޅުވި ގޮތުގައި ގިނަ މެންބަރުންގެ މެދުގައި ދެބަސްވުން އެބައޮތެވެ. މައިގަނޑު މައްސަލައަކީ މަޝްރޫއުތައް ނުހިނގުމެވެ. ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވުމެވެ. އޭގެ މައްޗަށް ރައްޔިތުން ރުޅިއަންނަ ކަހަލަ ބައެއް ނިންމުންތައް ވެސް ނިންމަން ޖެހުމެވެ. އެ ހުރިހާ ކަމެއް އެހެން އޮތްއިރު ސަރުކާރާ ގުޅުން ކުޑަވުމެވެ.

"ބައެއް ވަޒީރުން އެބަ ތިބޭ އެއް ގޮތަކަށް ވެސް އެއްވެސް މެންބަރަކާ އަނގައިން ވެސް ނުބުނާ،" އަސްލު ވާގޮތް ކިޔައިދޭން ފެށިއެވެ.

"މިހެން މި ކަންކަން ހުރެފައި މެންބަރުންނަށް ކޮންމެ ދުވަހަކު ރައްޔިތުންގެ ފަރާތުން އެތައް ޕްރެޝަރެއް އެބަ އާދޭ، ދާއިރާތަކުގައި ކަންތައްތައް ނުވެގެން. އެ ކަންތައްތައް ނުވާއިރު އަނެއްކާ ހައްތަހާ ރައްޔިތުން ރުޅިއަންނަ ކަންކަން ދިފާއުކޮށްފައި ވާހަކަދައްކަން މި ޖެހެނީ،"

އެ މެންބަރު މިސާލުތަކެއް ވެސް ދެއްކެވިއެވެ. ސިނގިރެޓުގެ އަގު ބޮޑުކުރުމާއި އާސަންދައަށް އަންނަ ބަދަލުތަކާއި މި ފަހުން ކުރިމަތިވި 'ވަގު ފޯމު'ތަކުގެ މައްސަލައެވެ. ދެން ކުރީ ސުވާލެކެވެ. އޭނާ އެއްސެވީ މި ސަރުކާރާ މެދުގައި ހިތްހަމަޖެހޭ، ރުހޭ މީހަކާ ދިމާވޭތޯއެވެ. އެ މައުޞޫއަށް ދާން ބޭނުމެއް ނޫނެވެ. އެއެއް އެނގޭނީ ވެސް 2028 ގައިތާއެވެ.

އެކަމަކު، އެ ސުވާލަށް ޖަވާބެއް ނުދީ އުޅެނިކޮށް ތަންކޮޅެއް ސީދަލަށް ވިދާޅުވެއްޖެއެވެ. ކޮންމެ ވެސް ވަރަކަށް ސަރުކާރަށް ފާޑުވިދާޅުވިއެވެ.

"މަޖިލީސް އޮތީ ފަޅިވެފައި. އެބަތިބި ސަރުކާރު ސައިޑްގެ މެންބަރުން ވެސް. އެބަތިބި [މަޖިލީހުގެ ރައީސް] އަބްދުއްރަޙީމް [އަބްދުﷲ] އަށް ތާއީދުކޮށްގެން ތިބި މެންބަރުންކޮޅެއް ވެސް. މި ދެބައި ތެރޭގައި ވެސް ސަރުކާރުގެ ކަންކަމާ ވަރަށް ދެކޮޅު މެންބަރުން އެބައުޅޭ. ކަންކަން ދާގޮތް ކަމުނުދާތީ، އެ މައްސަލަ މި ޖެހެނީ. އިތުރު ކަމެއް ނޫން،" އޭނާ ސާފުކޮށްދެއްވިއެވެ.

ގިނަ މެންބަރުން ހިތްހަމަނުޖެހެނީ ރައީސް މުއިއްޒާ މެދަކު ނޫނެވެ. ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާ ހިޔާލު ތަފާތީއެވެ.

އެކަމަކު، މެންބަރުން ތިބީ ބަނދެފައި ނޫންތަ؟

ގާނޫނުއަސާސީއަށް އިސްލާހު ގެނައީ އެ މެންބަރުން އަމިއްލައަށެވެ. ޕާޓީން ވަކިވިޔަސް، ނޫނީ ޕާޓީން ނުރުހިގެން ވަކިކުރިޔަސް މެންބަރުކަން ގެއްލޭނެއެވެ. ގާނޫނުއަސާސީއަށް މި ވަރުގަދަ އިސްލާހު ގެނައީ އެއް ދުވަހުންނެވެ. އިތުރު ބަޔަކާ މަޝްވަރާކުރުމެއް ނެތި ސަރުކާރުން ބޭނުންވި ގޮތަށެވެ.

"ސަރުކާރަކަށް އެފޯޑެއް ނުކުރެވޭނެ އެންމެ މެންބަރެއްގެ ގޮނޑި ގެއްލުވައިލާކަށް ވެސް،" ސަރުކާރުގެ ގިނަ ކަންކަމާ ތަންކޮޅެއް ނުރުހުންވެފައި ހުރި މެންބަރަކު މި ސުވާލުކުރީމާ ވިދާޅުވިއެވެ. ފަހަރުގައި ނުރުހިފައި ހުރުމުން ކަމަށް ވެދާނެއެވެ.

އޭނާ ވިދާޅުވާ ވާހަކައަކީ ސަރުކާރަށް ޕްރެޝަރު ބޮޑުވާނެ ވާހަކައެވެ. އެންމެ މެންބަރެއްގެ ގޮނޑި އެގޮތަށް ގެއްލުވާލިޔަސް އެ ޕްރެޝަރު އެތައް ދުވަހަކު މެދުނުކެނޑި އޮންނާނެ ކަމެވެ. ފަހަރުގައި އެއީ މިދިޔަ ޕީޕީއެމް ވެރިކަމުން މިސާލު ނަންގަވައިގެން ދެއްކެވި ވާހަކަފުޅަކަށް ވެސް ވެދާނެއެވެ.

މެންބަރުން މަޖިލީސް ތަޅުމުގައި: ބައެއް މެންބަރުން ތިބީ ނުރުހިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"ވަރަށް ބޮޑަށް ޑިޕެންޑްވާނެ ސުޕްރީމް ކޯޓުގެ ހުކުމަށް،" މަސްރަޙް ދިރާސާކުރައްވާ ބޭފުޅަކު މި މައުޟޫއަށް އިންސާފުކޮށްދެއްވިއެވެ.

"އެކަމަކު، ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ހުކުމްކުރިޔަސް މާ ގިނަ ދުވަހު ދެބަސްވުމެއް ބާއްވައިގެން ނުވާނެ. އެއީ، ދެބަސްވުން ހައްލުނުވެ ގިނަ ދުވަސްވެއްޖިއްޔާ ޔަގީން ތިންވަނަ އަހަރަށް އަޅައިލާއިރު ދެން ގޮނޑި ގެއްލުނަސް ހެވޭ ކިޔާފައި ވެސް ބައެއް މެންބަރުން ނުކުތުމުގެ ޗާންސް އޮންނާނެ. އެހެންވީމާ ސަރުކާރަށް އެންމެ މުހިންމީ ދެބަސްވުންތައް ހައްލުކުރުން،"

ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނޭ ސުޕްރީމް ކޯޓުން ބުންޏަސް އޭނާ އެ ވިދާޅުވަނީ ސަރުކާރަށް އޮތް ބިރު ކުޑަނުވާނެ ކަމަށެވެ. ޕީއެންސީއަށް އޮތީ މައްސަލަތައް ހައްލުކުރުމެވެ. ދެބަސްވުންތައް އެއްގޮތް ކުރުމެވެ. މެންބަރުންނާއި ސަރުކާރާ އަލުން ގުޅުވުމެވެ.

ޕީއެންސީ ބައެއް މެންބަރުން ތިބީ ފޫކަހާފައެވެ. ދެބަސްވުންތައް ހައްލުނުވާނަމަ ޕާޓީ ދޫކޮށްލާށެވެ. ސަރުކާރަށް އޮތީ ދެބަސްވުންތައް ހައްލުކުރުމެވެ. މަޖިލީހާއި ސަރުކާރާ ގުޅުވުމެވެ.

Redstar
comment ކޮމެންޓް

comment މުލޭ

2 month 1 day ago

މެންބަރުންނަށް އޮޅެނީ. މެންބަރުންނަކީ ވުޒާރާތަކުން ދާއިރާގައި ހިންގާ މަސައްކަތްތައްް ހިންގަން ތިބޭ މަންދޫބުންނެއްނޫން. މެންބަރުން އިންތުޚާބުކުރަނީ ގާނޫނުހަދަން. މެންބަރުންނުޖެހޭ ވަޒީރުންނާ ގުޅައިގެން ކަންކަމުގައި އުޅޭކަށް. ރައްޔިތުން މަގުފުރައްދަނީ ވެސް މި މެންބަރުން. ގާނޫނު ހެދުން ފިޔަވައި އިތުރުކަމަކާ އުޅޭނަމަ ހަމަޖެހިފައިވާ އުސޫލުން ވަޒީރުން ޖަވާބުދާރީ ކުރުވީމަ މެންބަރުން ކުރަންޖެހޭ ކަންކަން ނިމުނީ. މީހަކަށް ވަޒީފާދިނަސް ދޭން މިޖެހެނީ މި މެންބަރުން ބުނާ މީހަކަށް! މިއީއެއްނޫން މެންބަރުން އުޅެންޖެހޭ ގޮތަކީ.

comment އަސްރަފް.އ

2 month 4 day ago

މެންވަރުންނަކީ ވަކި މަސައްކަތެއްކުރަން ހޮވާފަ ތިބި ބައެއް. ވަޒީރުންގެ ޒިންމާތަކަށް އަތްބާނަން އުޅޭތީ މައްސަލަޖެހެނީ. މިސަގާފަތް މެންބަރުން ދޫކޮށްލަންޖެހޭނެ. އެހެންނޫނީ ސިސްޓަމްގަ މައްސަލަ އުފެދޭނެ.

comment ފިޝަރމޭން

2 month 4 day ago

މިއީ ކަނޑައެޅިގެން ޚިޔާލީ ލިޔުމެއް. މެންބަރު ލަތީފު ބުނި އެއްޗަކަށް ހަދާލައިގެން ލިޔުނު އޮއްޓަރެއް ނެތް ލިޔުމެއް.

reply މަސްވެރިޔާ

2 month 4 day ago

ހިޔާލީ ލިޔުމެއްތޯ ނޫންތޯ ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ. ދެއްތޯ

comment ކަމަދޫ ބޭބޭ

2 month 4 day ago

ބޮޑަށްހީވަނީ މީ ޕާޓީ ބޮޑުމީހާ ބުނެގެން ލިޔެލި ޚުތުބާއެއްހެން،، މިބުނި އެއްޗެއް ތަންކޮޅެއް ފަހުން ސާފުވާނެ.. މިސޮރު ފިކްޝަނަލް ވާހަކަ ލިޔަން ވަރަށް ރަނގަޅުވާނެހެން ހީވަނީ

comment މައްލާ

2 month 4 day ago

ކައްޒާބު ހަދަނީ ދޮގު ޑީ.އެން.އާރް.ގައި ޕާރޓީ ފޯރމް ފުރީމާ ކައްޒާބު އެއވެސް އެއްޗެއް ނުބުނޭ.

comment ޖެރާ

2 month 4 day ago

ކަލޭމެން މާ މޮޔައެއްނު.. އަމިއްލަ އަތުން ކަރުމަޅިޖެހީ.. ދެން ތިބެންޖެހޭނީ މަޑުން އެހެންނޫނީ ގެއްލޭނީ މެމްބަރުކަން

comment ޒިމް

2 month 4 day ago

ސުޕާ މެޖޯރިޓީދީގެން ތިބެ ގައުމު ފުނޑެނީ. ރައީސުލް ޖުމްހޫރިއްޔާގެ ކަމަކީ ދުނިޔެ ކުޑަކުރަން ދައުލަތުގެ ޚަރަދުގައި ފުލުފުލުގައި ދަތުރު އެޅުމެވެ. އެވެސް ބޭކާރު ގޮތުގައެވެ. ދެން އިންޑިޔާމީހުންގެ ދަށުވެތިބެ އެޅިހާބަތަކަށް ރިހަވަނީއެވެ. ދެން މަޖިލީސް މެމްބަރުންވެސް ސުޕާ މެޖޯރިޓީވީމަ ރައްޔިތުންނަށް ހަރާންކޯރުވެގެން ތިބޭށެވެ. ތިއިން އެކަކަށްވެސް ދެނެއް ތި މަގާމަކަށް ރައްޔިތުން ނުހޮވާނެކަން ހަނދާންކުރާތި.

comment ބައޯޕާކު

2 month 4 day ago

މެމްބަރު ކައިރީ އަހާލަންބޭނުންވަނީ މަނަދޫ މަގުތަކުގައި ތާރުއަޅަނީ ކޮންއިރަކުންތޯ. އަދި މިދިޔަ 1 އަހަރު ތެރޭގައި މަނަދޫއަށް ކޮށްދެވުނީ ކޮންކަމެއްތޯ؟ އަދިވެސް މަނަދޫގައި ޕްރޮޖެކްޓެއް ހިނގަމުންދާނަމަ ހިނގަމުންދަނީ ކުރީސަރުކާރުގެ ޕްރޮޖެކްޓްތައްކަމަށް ރަށުމީހުން އެބަބުނޭ.

comment ޢއ

2 month 4 day ago

މަޖިލީހުގަ ތިބި ވަގުންނަށް ޕްރޮޖެކްޓް ތައް ނުދޭތި ނުދޭނަން ނައްޓާލަ ހާއްސަކޮށް ދިއްދޫ ވަގު

comment މުހައްމަދު

2 month 4 day ago

މަޖިލީހުގެ މެންބަރުން ބުނާހާ ކަމެއް ކުރާކަށް ނުޖެހޭނެ. ބަޖެޓް ހުށަހަޅަނީ ކަންތައްތަކެއް ހިމަނައިގެން. މަޖިލީހުގެ މެންބަރުން ބަލަންވީ އެކަންކަން ހިނގަމުންދޭތޯ ނުވަތަ ނޫންތޯ؟ އެކަންވެސް ބަލަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން. ރައްޔިތުން އެދޭ ހުރިހާ ކަމަކީވެސް ސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން. ސަރުކާރުން އިސްކަންދޭންވާނީ ރާއްޖޭގެ ސަލާމަތާއި އިސްތިޤްލާލަށް. ގާނޫނު އަސާސީގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންޖެހޭނީ މުޅި ގައުމުގެ ލާބަޔާއި މަންފާއަށް ކަމަށް އޮވޭ. ވަކި ބައެއްގެ މަސްލަހަތަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް އޮވޭ. މިހެން އޮތްވައި މަޖިލީހުގެ މެންބަރުން މިވެނި ރަށެއްގައި ކަމެއް މިވެނި ކޮށްދޭށޭ، މިވެނި މީހަކަށް ބޭސްކޮށްދޭށޭ ބުނުމަކީ ގާނޫނު އަސާސީގެ ރޫޙާވެސް ޚިލާފު ކަމެއް. ހުރިހާ އެންމެން ގާނޫނީ އިމުގެ ތެރޭގައި ތިބެގެން ނޫނީ މިގައުމުން ކޮރަޕްޝަނެއް ނުހުއްޓޭނެ. މިގައުމުން ކޮރަޕްޝަން ނުހުއްޓިގެން އުޅެނީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން.

comment އިނާޒާ

2 month 4 day ago

މުއިއްޒު ދެން ހަދާނީ ރަސްކަލަކަށް. މެޖޯރިޓީ އެބައޮތް. އިދި ކޮޅު ހަދައިފިނަމަ ގޮންޑި ގެއްލޭނީ. ވަރަށް އަވަހަށް ހަދާނަން

reply އއަޒްރާ

2 month 4 day ago

މުޢިއްޒު ރަސްކަލަކަށްވެސް ހެދޭނީ ގާނޫނަށް ބަދަލުގެނެސްގެން ދަރިޔާ ގާނުނަށް އިސްލާޙެއް ހުށަހަޅައިގެން އެއަށް ބަހުސްކޮއްގެން އެއަށް ވޯޓް ދީގެން އެފާސްވާނީ ފާސްވާވަރަށް ވޯޓްވެސް ލިބިގެން ފާސްވާނީ އޭރުން މައްސަލައަކީ ކބާ؟

comment ސަމްސިއްޔާ

2 month 4 day ago

ތިޔަ މަޖުލީހުގައި އުޅޭޔަ ހަމަ މީހަކު؟؟ ގައުމު އިނދަޖެހޭއިރު ކަންކަމެއް ތިޔަބުނާ ފަސޭހައިން ނުވާނެ. އެވަރު ނޭންގޭ މެންބަރުން އިސްތިއުފާ ދޭންވީ

comment މުހައްމަދު

2 month 4 day ago

ހުސް ދޮގު