ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، އެ މަނިކުފާނުގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ރޭވި ކަމަށް ވޮޝިންޓަން ޕޯސްޓުގައި ރިޕޯޓުކޮށްފައިވާއިރު، އެ ރޭވުމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ވޮޝިންޓަން ޕޯސްޓުން މިއަދު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވަނީ، މި ސަރުކާރު ފެށުނު އިރުއޮތް، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގެ މެންބަރުންތަކެއް ޑިމޮކްރެޓްސްގެ މެންބަރުންނާ ގުޅިގެން، ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސްވާ ވަރަށް މެންބަރުންގެ ތާއީދު ހޯދަން މަސައްކަތް ކުރި ކަމަށެވެ.
އެ ނޫހުގައިވާ ގޮތުން އެ ވޯޓަށް ތާއިދު ކުރުމަށް ގިނަ އަދަދެއްގެ މެންބަރުން އެއްބަސްވި ނަމަވެސް ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެހެންވެ، އެ ރޭވުމުގެ ބައިވެރިން މަސައްކަތް ކުރީ އިންޑިއާއިން ހަ މިލިއަން ޑޮލަރު ހޯދަން ކަމަށާއި ނަމަވެސް، އެކަން ކާމިޔާބު ނުވި ކަމަށް އެ ނޫހުގައިވެއެވެ.
މިދިޔަ އަހަރު އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުންތަކަކާއެކު ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓު، ވަރަށް ޝައުގުވެރިކަމާއެކު ވިދާޅުވި ކަމަށާއި ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން އެއްވެސް ބަޔަކު ސީރިއަސް ރޭވުމެއް ގެންގުޅުނުކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. ނަމަވެސް ބައެއް މީހުން އަބަދުވެސް ތިބޭނީ ކޮންމެވެސް ރޭވުމެއް ހަގީގަތަށް ހެދުމުގެ މަސައްކަތުގައިކަން ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ މަޖިލިސް
އެ މަނިކުފާނު ވިދާޅުވީ އިންޑިއާއިން ތާއިދު ކުރަނީ ރާއްޖޭގައި ޑިމޮކްރަސީ ނެގެހެއްޓުމަށް ކަމަަށާއި ރާއްޖޭގެ ރައީސަކު މަގާމުން ދުރުކުރަން އެގޮތަށް ކުރާ މަސައްކަތަކަށް އިންޑިއާއިން އެއްބާރުލުން ނުދޭނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ކަންކުރާންވީ ގޮތް އިންޑިއާއިން އެއްވެސް އިރެއްގައި އަންގައިފައިނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދަކީ އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާ ގާތް ގުޅުމެއް އުފެއްދެވި ބޭފުޅެކެވެ. އަދި މި ސަރަހައްދުގައި އިންޑިއާއާއި ޗައިނާގެ ވާދަވެރިކަން ބޮޑުއިރު، އެ މަނިކުފާނު ފާހަގަވެފަައިވަނީ ޗައިނާއަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ބޭރު ދުނިޔޭގައި މި ސަރުކާރު ސިފަކޮށްފައިވަނީ، 'ޕްރޯ ޗައިނާ' އަދި އިންޑިއާއާ ދުރު ސަރުކާރެއްގެ ގޮތުގައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުން އެންމެ މުހިންމު އެއް ވައުދުގެ ގޮތުގައި ކެމްޕެއިން ކުރައްވައިގެންނެވެ. އަދި މި އަހަރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާއާއި އެގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކައާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު އޭގެ އަސަރު ފަތުރުވެރިކަމަށް ވެސްކޮށް، މި އަހަރު އިންޑިއާގެ މާކެޓް ހިއްސާ ވަނީ ކުޑަވެފައެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅު ކުރުމަށް މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
comment ބޮޑާބެ
3 month 4 week ago
އިންޑިއާއަކީ އެމީހުން ނުރުހޭ ސަރުކާރުތައް ވައްޓާލަން މަސައްކަތްކުރާ ގައުމުތަކުގެ އިސްސަފުގައި މިހާރު ހިމެނޭ ގައުމެއް، އިންޑިއާ ނުރުހޭ ސަރުކާރުތައް ވައްޓާލުމަށާއި ރުހޭ ސަރުކާރުތައް ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށް ޚަރަދުވެސް ކުރަމުންދޭ! އިންޑިއާއިން ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން އެގޭކަމަށް ހެދިގެން މަމެން ވާހަކަދެއްކުމަކީ އެއީ ބޮޑު ޖޯކެއް!
comment ފދ
3 month 4 week ago
ވަގުންގެ ސަރުދާރުން ގިނަ ޤައުމެއް، ސިޔާސީ ޓެގް އަޅުވައިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން ތަކެއް މިސިޔާސީ މީހުންނޭ މިކިޔާ ޗާރުންނަކީ ، މިމީހުން ހޯދި މާލީ މަންފާ ދައުލަތުގެ ހަޒާނާއަށް ވައްދަން އެބަޖެހޭ !
comment މެސީ1
3 month 4 week ago
މި ނަޝީދުގެ އަތެއް މިކަމުގަ ވާނެ
comment ދދ
3 month 4 week ago
މުގުލުގައި ކަލޭ ހުންނާނެކަމާމެދު އެއްވެސް ސައްކެއް ނެތެވެ
comment ލލ
3 month 4 week ago
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން 2008 ކުން ފެށިގެން ބޭރު މީހުނާއިގުޅިގެން ދިވެހި ދައުލަތުގެ މާލިއްޔަތު ލޫޓުވާ ނުހައްޤު މާލީ މަންފާ ހޯދާފައިވޭ، އެފަދަ މީހުން ހޯދާފައިވާ މުދާ ދައުލަތުގެ ހަޒާނާޔަށް ވައްދަން އެބަޖެހޭ !