ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީންގެ ވަނަވަރު ހާމަކޮށްފި

ހަތް ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީން --- ފޮޓޯ/ ފުލުހުން

ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީންގެ ވަނަވަރު މިއަދު ހާމަކޮށްފިއެވެ.

މި މައްސަލައިގައި ކަނޑު ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ހަތް މީހުންނާއި އިންޑޮނޭޝިއާގެ ތިން މީހުންނެވެ.

ފުލުހުން ހައްޔަރުކުރި 10 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހަށް ބަނދުގެ މުއްދަތު ޖަހައިފައެވެ. ބާކީ ފަސް މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެންމެ ދުވަހަކަށެވެ. އެއީ:

  • ގަނެޝް ބޮންމާލީ، އިންޑިއާ، 22އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ޕީޓާ ވިނި، އިންޑިއާ، 28އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ޕްރަބަކަރަނަ ނާގަރާޖަން، އިންޑިއާ، 35އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • އެޑްރިއަންސްޔާ، އިންޑޮނީޝިއާ، 25އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • މުހައްމަދު އިކްބަލް މަކްމުރު، އިންޑޮނީޝިއާ، 30އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ޑަތްކިލޭ ދަރްޝަން ވިޖޭ، އިންޑިއާ، 22އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ސަރަން ޕަދްމަން، އިންޑިއާ، 26އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ނަސްވަން އަދިލް، އިންޑޮނީޝިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ރޯމަންސް ސަންތިޔާ ފެނާންޑޯ، އިންޑިއާ، 58އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ގޮވްސިކް ރާޖް ޖޭމްސް ނޮކްސް، އިންޑިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި.
  • ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި އެ 10 މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތެވެ.

އެ މައްސަލައިގައި އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ގޮތުގައި އެ މީހުން ތިބި ބޯޓުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

މި މައްސަލައިގެ ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް