އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިރޭ ހަވާ އަރުވަނީ

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން، ރާޅުގަނޑު ސަރަހައްދުގައި ހަވާ އެރުވުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައު އަހަރު ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ފަރިތަކުރުންތަކެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތައް މިރޭ 20:00 ހާއިރު، ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި ބާއްވަން ވަނީ ހަމަޖައްސާފައި ކަމަށެވެ.

މި ފަރިތަކުރުންތަކުގައި، ދެ މިނެޓްގެ ތިން ހަވާ ޝޯވްއެއް ކުރިއަށް ގެންދާނެކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އާއްމުގޮތެއްގައި އާ އަހަރު ފާހަގަ ކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ވެސް ގިނަ ހަރަކާތްތަކެއް ބާއްވައެވެ. އަދި އެކިއެކި މުނާސަބަތުތައް ފާހަގަ ކުރަން ދޭތެރެއަކުން ހަވާ އެރުވުމަކީ އާއްމު ކަމެކެވެ. މިއީ އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ހަރަކާތެކެވެ.

ޔޫތު މިނިސްޓްރީން ވަނީ ނިމިގެން ދިޔަ އަހަރު ވެސް އާ އަހަރު ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރަކާއި، ރޭގަނޑު މިއުޒިކް ޝޯއާއި ލޭޒާ ޝޯއެއް ބާއްވައި، ހަވާ އަރުވާފައެވެ.

comment ކޮމެންޓް