ކާރެއްގައި ރޯކުރިކަމުގެ ތުހުމަތުކުރެވޭ 2 މީހުންގެ ބަންދަށް 15 ދުވަސް

ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުުހަމަތުގައި ހައްޔަރުކުރި ދެ މީހުން --- ފޮޓޯ/ ފުލުހުން

މާލޭގެ ޕާކިން ޒޯނެއްގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ބުރުޒު މަގު، ސިނަމާލެ އެކެއް ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި މިދިޔަ ހޯމަ ދުވަހުގެ 18:25 ހާއިރު ވަނީ ރޯކޮށްލައިފައެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި، ޚާލިދު މަޙްމޫދު (35އ) އަދި، އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް (31އ) އެވެ.

ފުލުހުން މިރޭ ބުނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުނެވެ.

މި ކަމާ ގުޅުންހުރި ވީޑިއޯއެއް ވެސް މީސްމީޑިއާގައި ހަމަ އެރޭ ދައުރުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އަލީފާން ރޯކޮށްލީ ކާރުގެ ކުރީކޮޅުގައެވެ. އަދި، އަލިފާން ނިއްވަން ފަޔާ އެންޑް ރެސްކިއު ޓީމުގެ އޮފިސަރަކު ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް