މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ހުށަހެޅުމަށް ހުޅުވައިލައިފި

ބްރޯޑްކޮމްގެ މެންބަރުންތަކެއް: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ފުރުސަތެއް --- ފޮޓޯ/ ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ދެ މަގާމެއް ހުސްވެފައިވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.

މި މަހުގެ 18ވަނަ ދުވަހު ވެސް އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލިއެވެ. ނަމަވެސް، އެ އިއުލާނު ބާތިލުކޮށް، މިއަދު އެ އޮފީހުން ވަނީ އަލުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި:

  • ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  • ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން.

https://www.sun.mv/199222

ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުށަހެޅުމަށް ހުޅުވާލީ މިއަދުން ފެށިގެން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މަގާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަސްތަކުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

އެ ފޯމުތަކާއި އިގުރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް ޑައުންލޯޑް ކުރެވޭނެއެވެ.

ބްރޯޑްކޮމްއަށް މެމްބަރުން ހޯދަން އިއުލާނުކޮށްފައި ވަނީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު ޢަލީ ޔޫސުފްގެ ދައުރު ހަމަވާން ގާތްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް