MTCC
Ooredoo

މިއަދު ފާސްކުރި ބިލާމެދު ރައްޔިތުންގެ ޚިޔާލު ހޯދާކަށް ނުޖެހޭ: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ: ވިދާޅުވީ މިއަދު ފާސްކުރި ބިލާމެދު ރައްޔިތުންގެ ޚިޔާލު ހޯދާކަށް ނުޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލަކީ، އެ ކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ADK GENERAl

މަޖިލީހަށް އިންތިޚާބުކުރާ މެންބަރެއްގެ ގޮނޑި ގެއްލެންވާނީ، އެ މެންބަރެއްގެ އިންތިޚާބީ ދާއިރާގެ ރައްޔިތުންގެ ރުހުމާއެކުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދަނިކޮށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ އިސްލާހު މިއަދު ފާސްކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެ އިސްލާހު ތަސްދީގު ވެސް ކުރައްވައިފައެވެ.

https://sun.mv/199316

މި ކަމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެ އިސްލާހު ފާސްކުރަން ރައްޔިތުން ގާތުގައި އަހާކަށް ނުޖެހޭނެ ކަމަށެވެ.

ރައްޔިތުން ގާތުގައި އަހައިގެން ކުރަންޖެހޭ ކަންކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިންހުރި ކަންކަމާއި، އިންތިޚާބީ މަގާމުތަކުގެ ދައުރާއި ވެރިކަމުގެ ނިޒާމު ފަދަ ކަންކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނަށް މި އިސްލާހު ގެނައީ، ކޮންމެހެން ވެސް އެކަން ކުރަން ޖެހިގެން ކަމަށާއި މި އިސްލާހުގެ ސަބަބުން ރައްޔިތުން ބާރުވެރިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުރި ކަމަކީ ރައްޔިތުން ބާރުވެރި ކުރުވީ. މި ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުން ބާރުވެރިވެގެންދާނީ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް، އިސްތިގުލާލު ރައްކާތެރިކޮށް، އިތުރަށް ވަރުގަދަ ކަމެއް މީގެ ސަބަބުން ލިބިގެންދާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލުގައި ހިމެނެނީ:

  • މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
  • ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
  • ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން

https://sun.mv/199317

ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ.

މި ބިލާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އިތުރުން، ބާ ކައުންސިލާއި ގާނޫނީ ދާއިރާގެ ބަައެއް ބޭފުޅުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

Redstar
comment ކޮމެންޓް

comment ދިރާސާ

5 month 3 week ago

ރައްޔިތުން ހުރިހާ ބާރެއް ސަރުކާރަށް އޮތީ ދީފަ ދެން ސަރުކާރުން ކުރާ ކަންތަކަށް އުނދުޅި ނުބޭލޭނެ ރައީސް ޑޮކްޓަރ މުއިއްބޭނުންވާ ގޮތަކަށް މި ރާއްޖެ ކުރިއަށްދާނެ އަދި ފަހަރެއްގައި ދެވަނަ ދައުރަކަށް ވޯޓަކާ ނުލާ މުއިއްޒު ވެރިކަން ކުރާތަން ފެނުމަކީވެސް އެކަށީގެންވާ ކަމެއް އަދި މި ރާއްޖެ ވެރިކަމުގެ ސިފަޔަށް ބަލާއިރު ލެވޭ ވޯޓް ލުމަކީ ބައެއް އިސްލާމީ ދަންނަބޭކަލުން ދެކޮޅު ހަދަ ކަމަކަށްވާތީ ވޯޓް ލުން އުވާލުމަކީވެސް އެކަށީގެންވެދާނެ ކަމެއް މުއްޒަކީ އަކީ އަނބިކަނބަލުންނަކީ މި ގައުމުގެ ހެދުނު އެންމެ މަތީ ދީނީ ޢާލިމުންގެ 2 ދަރިން ވީމާ ވޯޓް ނުލާ ވެރިން ހޮވާނެ ގޮތެއް މި ގައުމުގައި އާރާސްތުވެދާނެ އެފުރުޞަތު އެބައޮތް މިހާރު މުޅި ގައުމުގެ ހުރިހާ ބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ތެރޭގައި އެވެ.

comment ޖައުފަރު

5 month 3 week ago

ރައްޔިތުންނަށް ވަކި ކުލައެއް ދައްކައިގެން ވަކި ލޯގޯއެއް ޖަހައިގެން ވަކި ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުރެ ވަކި ސިޔާސަތު ތަކަކަށް ތާޢީދުކޮށް ކެމްޕޭންކޮށް ރައްޔިތުން މަޖިލީހަށް ހޮވެނީ އޭރު ރައްޔިތުންނަށް ދެއްކި މަންޒަރުތަކާއި އިވުނު އަޑުތައް އަދި ހާމަ ކުރަމުން ދިޔަ ސިޔާސަތު ތަކުގެ މައްޗަށް ބުރަވެ ދެވިފައިވާ ވޯޓަކުންކަށް ޔަގީނެވެ. އޭގެ ފަހުން އެކަންކަން ބަދަލުވެ މުޅި އަސްލު ނެތިދާގޮތް މެދުވެރި ވެއްޖެނަމަ ގޮނޑި ގެއްލެއްވާނެއެވެ. އެއީ ރައްޔިތުނގެ ބަސް އިއްވުނީކަމުގައި ބެލެވެއެވެ. އިތުރަށް ރައްޔިތުންގެ ތާޢީދުއޮތް ނަމަ އެހެން ގޮތަކަށް ކުރިމަތިލައިގެން އަލުން ހަމަ އެ ކެންޑިޑޭޓްވެސް ހޮވުމުގެ އިޙުތިޔާރު ރައްޔިތު މީހާއަށް/ ވޯޓް ދޭމީހުންނަށް އޮންނާނެ އެވެ.

comment ސސ

5 month 3 week ago

ޤާނޫނުއަސާސީގައި ދެވައްތަރުގެ އިސްލާހު ހުރީ އެއްވައްތަރަކީ ރައްޔިތުންގެ ސީދާ ވޯޓާއިއެކު އިސްލާހު ކުރެވޭ މާއްދާތަކާއި، ރައްޔިތުންގެ ސީދާ ވޯޓުނެތި ހަމައެކަނި މަޖިލިހުން ފާސްކުރާ ޤާނޫނަކުން އިސްލާހުކުރެވޭ މާއްދާތަށް، މިފާސްކުރީ މަޖިލިހުން ފާސްކުރީމަ ނިމޭކަހަލަ މާއްދާތަކެއް، ރައްޔިތުންގެ ސީދާ ވޯޓަކަށް ނުގޮސް !

comment ވޯލް

5 month 3 week ago

މާކުރިންވެސް އެނގޭ ގުޑްގަވަނަސްއާއި ޓްރާންސްޕޭރަންސީއަކި ކޯޗެއްކަން ފަހުން ނުވާ މީހަކު މަޖިލީހުގެ ރައީސްއަށް ލީމަ ދެން ބަސްމަގާ އަމަލު ހުންނާނީ ތިޔަހެންކަން. މިއޮތް ތައުލީމީ ޤައުމުގައި މިއޮތް މުހިންމު މުއައްސަސާގެ މުހިންމު ޒިންމާ ހަވާލުކުރަން ރައީސްއަށްވެސް ފެނުނީ މިޒަމާނަަށް ބޭނުންވާ ތައުލީމެއް ނެތް މީހަކު ވިއްޔަ. ރާއްޖޭގައި ފާސްކުރެވޭ ހުރިހާ ޤާނޫނަކާ ޤަނޫނު އަސާސީއަށް ގެނެވޭ ހުރިހާ އިސްލާހަކީވެސް ރަށްޔިތުންގެ އިޔާލުވެސް ހިމެނިގެން ކުރަންޖެހޭ ބޮޑު ޕްރޮސެސްއެއް 15 ވަރަށް ގަޑިއިތު ތެރޭކޮށް ނިންމާ ކަހަލަ ކަންކަމެއް ނޫން.

comment ސލހ

5 month 3 week ago

އެހެންވިއްޔާ ރައްޔިތުން ވޯޓް ލައިގެން ކަލޭމެން ހޮވާ ކަށް ވެސް ނުޖިހޭ

reply ވޯލް

5 month 3 week ago

އަދި ބަލަން ތިބޭ ތިވެސް ބަަދަލު ކުރަނެ.