އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން 5 ބޭފުޅަކު ޝައުގުވެރިވޭ: ޞާލިޙު

ރައީސް ޞާލިޙާއެކު މާލޭގެ މޭޔަރު އާޒިމާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު -- ފޮޓޯ/ އެމްޑީޕީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ފަސް ބޭފުޅަކު މިހާރުވެސް ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވަންތޯ ވަނީ ސުވާލު ކުރިމަތިކުރުވާފައެވެ. އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި ކުރިމަގާ ބެހޭގޮތުން ޕާޓީގެ އިސްވެރިންނާ ވާހަކަދައްކަވާފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް މިހާރު ޕާޓީގެ ލީޑާޝިޕަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ އިސްވެރިންގެ ތެރޭގައި ފަސް ބޭފުޅަކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާޓީ ތެރެއިން ކުރިމަތިލާން ބޭނުންފުޅުވާ ހަތަރު ފަސް ބޭފުޅަކު މިހާރު ވެސް އެބަ ފެނޭ. ވަރަށް ރަނގަޅު ކަމެއް އެއީ. އެއީ ވާދަވެރި އިންޓާނަލް މަސައްކަތްތަކެއް ކުރުން. އެކަމަކު އަޅުގަނޑު އެ ހުރިހާ ބޭފުޅުންގެ ކިބައިން ވެސް އެދޭ ކަމަކީ ޕާޓީ ހިންގުމުގައި އެ ހުރިހާ ބޭފުޅުން ވެސް ޝާމިލުވުމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު

އެ ފަސް ބޭފުޅުންގެ ކިބައިން ޞާލިޙު އެދިވަޑައިގަތީ އަމިއްލަ ޝައުގުވެރިކަން އެކަމުގައި އޮތް ނަމަވެސް ޕާޓީއައިގެން ކުރިއަށް ވަޑައިގަތުމަށެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ވާން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް ޞާލިޙު ވިދާޅެއްނުވެއެވެ.

އެ މަނިކުފާނުގެ ވިސްނުން އާއްމުންނަށް ހާމަކުރައްވާނެ ކަމަށް ޞާލިޙް ވިދާޅުވިއެވެ. އަދި އެކަމުގައި އެ މަނިކުފާނު ނިންމަވާފައިވާ ގޮތް މިހާރު ހާމަކުރައްވައިފިނަމަ ޕާޓީއަށް ލިބޭނެ ފައިދާއަށްވުރެ ލިބޭނެ ގެއްލުން ބޮޑުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އަދި ހަތަރު އަހަރު އޮތްއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ އިންތިޚާބުގައި ވާދަ ކުރައްވާނެކަން ހާމަ ކުރައްވައިފައެވެ.

Redstar
comment ކޮމެންޓް

comment އަހްމަދުު

4 month 2 week ago

1. އާޒިމް 2. ޝާހިދު 3. އިބޫ 4. ފައްޔާޒު 5. rރީކޯ މޫސަ

comment ދަރުމަ

4 month 2 week ago

ޗޯރޭއަށް ވެރިކަމަށް ވައިވެސް ނޭޅެވޭނެ

comment ޞަރީނާ

4 month 2 week ago

ޢިބޫ ކުރިމަތި ނުލައެއް ނުހުންނާނެ އޭނައަށްވަނީ ރައީސް ކަމުގެ ފޮނި މީރުކަން ރަނގަޅަށް ލިބިފަ އަނެއްކާ މިސަރުކާރާއި ހިއްކަން ހަވާލު ކުރި ބިންތަކާއި މިސަރުކާރުން އެ ޖަމާ ކުރާ ފައިސާތަކުގެ ދަހިވެތިކަންވެސް އޭނާގެ ގެ ހިތުގައި އޮންނާނީ ވަރަށް ބޮޑަށް އަށަގެނަފަ

comment ކާފަ

4 month 2 week ago

ހެއްހެއްހޭ ކޮވިޑް ތެރޭގަ ޖަރީމާ ހިންގީ ބުރަދާ ތަންތަން ނުއަގުގަ ނަގައިގެން ހިލޭ އަންހެނުން ވައްދައިގެން ސަރުކަރު ވެރިން މަޖާކުރީ ރައްޔިތުން ގޯތީގަ ބައިތިއްބާ ޖޫރިމާނާ ކޮށްގެނއ ހޭއްރާބަލަ އަލިބެ މެން ކަހަލަ ނިދާފަ ތިބޭމީހުން ގިނަވީމަ ކަމެއް ނުވެގެން މިއުޅެނީ

comment އަލިބެ.

4 month 2 week ago

މިއީ ކެތްތެރި އިޚްލާސްތެރި ވެރިއެއް. ކޮވިޑުގެ ވަބާގައި ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް ނުޖައްސާ ގައުމު ހިންގެވި ގޮތަކީ ތާރީޚްގައި ލިޔެވޭނެ ކަމެއް. ސިޔާސީ މަންފާއަށް މަސައްކަތް ކުރާމީހުން ޤަބޫލުކުރަން ބޭނުން ނުވިޔަސް ކަން އޮތީމިހެން. ދިވެހިން ފާގަތި ކަމާއި ތަނަވަސްކަން ބޭނުންނަމަ އަލުން ވެރިކަމަށް ގެންނަންޖެހޭފަދަ ލީޑަރެއް.

reply އަހްމަދުު

4 month 2 week ago

ހާދަ ހީވޭ ޕެއިޑް ކޮމެންޓެއްހެން