Ooredoo
Ooredoo

ލޯބިވެރިޔާއަށް ބިރުދައްކައި ބްލެކްމެއިލްކުރި ފުލުހަކު ހައްޔަރުކޮށްފި

ލޯބިވެރިޔާއަށް ބިރުދައްކައި ބްލެކްމެއިލްކުރި ފުލުހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް ތިން ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ADK GENERAl

މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ލޯބިވެރިޔާއަށް ބިރުދައްކައި އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްލާނެ ކަމަށްބުނެ ބިރުދައްކައި އިންޒާރުދީ، ބްލެކްމެއިލް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި ފަޒާ، އުމުރުން 19 އަހަރުގެ ޒައިދާން މުޙައްމަދު ކަމަށާއި އޭނާއަކީ އެރަށުގެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ރެކްރޫޓު ފުލުހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަތިވެރީ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުން ތިން ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރު ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ބިރުދައްކާ ބްލެކްމެއިލް ކުރުމުގެ މިފަދަ މައްސަލަތައް މިހާރު ދޭތެރެއަކުން ފެންމަތިވެއެވެ.

Redstar
comment ކޮމެންޓް

comment ރިއު

4 month 2 week ago

ލޯބިވެރިޔާއޭ ކިޔާފަ ދެމީހުން ބަދުއަޚުލާގީ އަމަލު ހިންގުމާއި އޮރިޔާން ފޮޓޯ އުދެއްދޭތަ. ދެމީހުންވެސް ހައްޔަރުކޮއް ދައުވާ އުފުލަންވީ ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށުގަޔާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގަ. މިއީ ފުލުހުންގެ ހާލަތު އޮތް ހިސާބު. ދެން ކިހިނެތް މުޖުތަމައު ބަލަހައްޓަން މިވެރިންނާ ހަވާލު ކުރާނީ.

comment ޝިއު

4 month 2 week ago

ތި އަންހެންމީހާވެސް ހައްޔަރު ކުރަންވީ. ލޯބިވެރިޔާއޭ ކިޔާފަ ދެމީހުންވެގެން އޮރިޔާން ކާޑު އުފެއްދޭތަ.؟

comment ބިޓު

4 month 2 week ago

ދެން ކޮންބަޔަކަށް ތިކަން ހުއްޓުވޭނީ

reply އަލީ

4 month 2 week ago

އެއޮތީ އެމީހުންހުއްޓުވާފައި