ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވެދޭ އދ ގެ އޭޖެންސީ (އުންރުވާ)އާ އިސްރާއީލުން ގުޅުން ކަނޑާލި ނަމަވެސް ޣައްޒާއަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށާއި އުންރުވާއިން ކުރާ މަސައްކަތްތައް އެހެން ބަޔަކަށް ނުކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާގެ ވެރިޔާ ޓެޑްރޯސް އަދްނޮމް ވިދާޅުވެއްޖެއެވެ.
"ވަރަށް ސާފުކޮށް ދަންނަވާނަން. އަންރްވާގެ މަސައްކަތް ކުރެވޭނެ އެހެން ބަޔަކު ނެތް،" ޓެޑްރޮސް އަދަނަމް ގެބްރޭސަސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. އަދި, އުންރުވާ މަނާކުރުމުން ޣައްޒާގެ އާންމުން ތަހައްމަލުކުރަމުންދާ ވޭން އިތުރުވެ، ބަލިމަޑުކަން ފެތުރިގެންދާނެ ކަމަށް ވެސް އަދްނޮމް ވިދާޅުވިއެވެ.
އަދްނޮމް އެގޮތަށް ވިދާޅުވީ, އިސްރާއީލުން އުންރުވާއާ ގުޅުން ކަނޑާލަން ނިންމިކަން ރަސްމީކޮށް އދ އަށް އެންގުމުންނެވެ.
ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބިފައިވާ ޣައްޒާއަށް ދޭ ގާތްގަނޑަކަށް ހުރިހާ އެހީއެއް ކޯޑިނޭޓް ކުރާ އުންރުވާ ސަސްޕެންޑްކުރުމުން އިސްރާއީލުގެ އެންމެ ގާތް އެމެރިކާ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެ ފިޔަވަޅަށް އަމަލުކުރަން ފަށާނީ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށް ބެލެވޭއިރު، އެކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް މިލިއަން ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އދ. އިން ބުނެއެވެ.
އިސްރާއީލުގެ ތާރީޚުގައި ވެސް މިހާތަނަށް ލިބުނު އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށްވާ، މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި އުންރުވާގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށް ވެސް އިސްރާއީލުން ތުހުމަތުކުރެއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން އިސްރާއީލުގައި އުފެދުނު ފުރަތަމަ އަރަބި އިސްރާއީލުގެ ހަމަނުޖެހުންތަކަށް ފަހު، 1949 ވަނަ އަހަރު އުންރުވާއިން އިން ޣައްޒާ، ހުޅަނގު އައްސޭރި، ލުބުނާން، އުރުދުން އަދި ސޫރިއާއިން ގާތްގަނޑަކަށް ހަ މިލިއަން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ.