ގުޅީފަޅު ކައިރިން ލޯންޗެއް ޖެހި 4 މީހަކަށް އަނިޔާވެއްޖެ

ފައިލް ފޮޓޯ: މީގެ ކުރިން ގެއްލިގެން ހޯދި ހޯދަމުން ދިޔަ ލޯންޗަކާއި ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

ކ. ގުޅިފަޅު ކައިރިން ލޯންޗެއް ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ނޫސްތަކަށް ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މޮިރޭ 19:34 ހާއިރެވެ.

ސޯޝަލް މީޑިއާގައި ދައުރަވަމުން އަންނަ ގޮތުގައި އެކްސިޑެންޓުވެފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެކެވެ.

މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވިއިރު އެ މީހުންނަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދާހަމަ:

މިރޭ 9:25 ހާއިރު ފުލުހުން ބުނި ގޮތުގައި އަނިޔާވެގެން ޖުމްލަ 12 މީހަކަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް