ރައީސް ކުރައްވަނީ ގައުމު ސަލާމަތްކޮށްދެވުމުގެ ބުރަ މަސައްކަތްޕުޅު: ޝިޔާމް

ރައީސް މުއިއްޒާއި މިނިސްޓަރު ޝިޔާމް ސަލާން ކުރައްވަނީ: ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަކީ ޖީލުތަކަށް ގައުމު ސަލާމަތްކޮށްދެވުމުގެ ބުރަ މަސައްކަތްޕުޅު ކަމަށް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ ސީއެންއެމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަކީ ގައުމު ސަލާމަތްކޮށްދެއްވުމަށް ކުރައްވާ ބުރަ މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ ‏އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ދައުލަތުގެ މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ މުސާރައިގެ 50 ޕަސެންޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރަން ނިންމަވައިފައި ވަނިކޮށެވެ.

https://sun.mv/198278

އެކަމާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ވީދެމުންދާ އިޖްތިމާއީ ފޭރާން ހެޔޮކުރުމާއި މާލީ ހާލާތު ރަނގަޅު ކުރުމާއި ދިވެހީންގެ ރާއްޖެ އަނބުރާ ހޯއްދަވައިދެއްވުމުގެ ބުރަ މަސައްކަތްޕުޅު ރައީސްގެ ޒަޢާމަތުގެ އެންމެ ފުރަތަމަ ދުވަހު ވެސް ފައްޓަވާފައިވާ ކަމަށެވެ.

މިނިސްޓަރު ޝިޔާމް: އީސް ކުރައްވާ މަސައްކަތްޕުޅުތަކަކީ ޖީލުތަކަށް ގައުމު ސަލާމަތްކޮށްދެވުމުގެ ބުރަ މަސައްކަތްޕުޅު ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ދިވެހި މުޖުތަމަޢު ތެރޭގައި ޖީލުތަކަށް ދެމިގެންދާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަމަކީ އެންމެން ގަބޫލު ކުރާ ހަގީގަތެއް ކަމަށްވާއިރު، ތެދުވެރި ނިޔަތަކާ އެއްކޮށް އެކަންކަމާ ކުރިމަތިލައްވައިގެން ހައްލު ކުރައްވާނެ ވެރިން ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން، ރައީސް މުއިއްޒުގެ ފަރާތްޕުޅުން މިއަދު ފެނިވަޑައިގަންނަވަނީ ސިޔާސީ ވެރިންގެ ފަރާތްޕުޅުން އެއްގޮތަކަށް ވެސް ނުފެންނަ ކަންކަން ކަމަށް މިނިސްޓަރު ގަބޫލު ކުރައްވައެވެ.

"ނިންމަވަނީ ފަސޭހަފުޅު ނިންމެވުންތަކެއް ނޫނެވެ. ސިޔާސީ ގޮތުން އެނިންމެވުންތައް މަޤުބޫލް ނިންމެވުންތަކެއްކަމަށް ޤަބޫލުކުރައްވާ އެއްވެސް ސިޔާސީ ބޭފުޅެއްވެސް ނެތެވެ. ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެ ވެސް ނުރުހުން އަމާޒުވާ ނިންމެވުންތަކެކެވެ." އެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މީގެއިތުރުން، އެމަނިކުފާނު މިއަދު އެ ސާބިތުކޮށްދެއްވަނީ މިއީ ދެމީހެއްގެ ގައުމު ނޫން ކަމަށާއި އެމަނިކުފާނަކީ ދިވެހީން ވެރިއެއް ކަން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރައީސް: އީސް ކުރައްވާ މަސައްކަތްޕުޅުތަކަކީ ޖީލުތަކަށް ގައުމު ސަލާމަތްކޮށްދެވުމުގެ ބުރަ މަސައްކަތްޕުޅު ކަމަށް ޝިޔާމް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރު ޝިޔާމް ސިފަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ކުރައްވާ މަސައްކަތް ޕުޅަކީ އަންނަން އޮތް ޖީލުތަކަށް މި ގައުމު ސަލަމާތްކޮށްދެއްވުމުގެ ބުރަ މަސައްކަތެވެ.

އެގޮތުން، ދިވެހީން ބަލަންވީ ދިރި ތިބީންނަށް އެމަނިކުފާނު ކޮށްދެއްވާ ކަންކަން ކަމަށާއި މާދަމާ ވެސް މިގައުމުގައި ދިރިއުޅެން ތިބީ ދިވެހީންގެ ދަރިފަސްކޮޅުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/198189

މި ފަހުން ރައީސް ވަނީ ބޮޑެތި ނިންމެވުންތަކެއް ނިންމަވަފާއެވެ. އޭގެތެރޭގައި،

ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުކަމުގައި ކަނޑައެޅުމާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގެ މިންވަރު އިތުރުކުރުމަށާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސިނގިރެޓުގެ ބާވަތްތައް މަނާ ކުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށެވެ.

އިތުރަށް ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން
  • ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން
  • އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުން
comment ކޮމެންޓް