ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

އިސްލާމިކް މިނިސްޓަރު ޝަހީމް: މިނިސްޓަރަށް މަރުގެ އިންޒާރުދިން މައްސަލައެއް އަންނަނީ ތަހުގީގުކުރަމުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ އިއްޔެ، ސިޓީއެއް މެދުވެރިކޮށް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ބުންޏެވެ.

ސަރުކާރުގެ އިސް ބޭފުޅުންނަށާއި ސިޔާސީ ބޭފުޅުންނަށް މަރުގެ އިންޒާރު ދިނުމުގެ ސީރިއަސް މައްސަލަތައް މީގެކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

ވަރަށްފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް، ފޭސްބުކްލައިވެއްގެ ކޮމެންޓު ސެކްޝަންގައި ވެސް މަރުގެ އިންޒާރުދިން މީހެއްގެ މައްސަލަ ވަނީ ތަހުގީގުކޮށްފައެވެ.

އޭނާ ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އައުމާއެކު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް