އިސްރާއިލް ޕާސްޕޯޓު މަނާކުރުމާ މެދު ގޮތެއް ނުނިންމާ ލަސްކުރުމަކީ ކުރާ މަލާމާތެއް: އެމްޑީޕީ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް: ވިދާޅުވީ، މަޖިލީހަށް އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ އަވަސް ކުރަން އިލްތިމާސްކުރުމަކީ ރައްޔިތުންނަށް މަލާމާތް ކުރުން ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

އިސްރާއިލް ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ސަރުކާރުގެ ފަރާތުން ތާއީދުކުރުމަށް ފަހު ކޮމިޓީ މަރުހަލާގައި އެ ބިލު ދިގުދެންމުމަކީ އެ ކަންކުރުމަށް ވެރިކަން ކުރާ ޕީއެންސީ ކުރާ މަލާމާތެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީން މިއަދު ސިފަކޮށްފިއެވެ.

އެ މައްސަލައިގައި އެ ޕާޓީގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅިއެވެ. ނަމަވެސް، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް ނިންމައި، މަޖިލީހުން ބޭރުކޮށްލާފައެވެ.

https://sun.mv/198162

އެ ކަމާ ގުޅުން ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތްއިރުގައި، އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް މަޖިލީހަށް އިލްތިމާސް ކުރުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

ރައްޔިތުންނަށް އެ މައްސަލައާ ގުޅުވައި 'ހަޖޫ' ޖެހުން ހުއްޓާލައި އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރުމަށް މީކާއިލް ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ މެދު ގޮތެއް ނުނިމި ލަސްވާތީ، އެމްޑީޕީގެ ނުރުހުންތަކެއް --- ސަން ފޮޓޯ/ މޫސާ ނަދީމް

"ޕީއެންސީން ބިލު އަވަސްކޮށްދޭން އާދޭސް ކުރާހެން އިލްތިމާސްކޮށްފައި ބަޔާނެއް ނެރުނުއިރު މަޖިލީހުގެ ރައީސަކަށް ހުންނެވީ ޕީއެންސީގެ ޗެއާޕާސަން. މަޖިލީހާއި 241 ކޮމިޓީގައި މި އޮތީ ޕީއެންސީގެ ސުޕަ މެޖޯރިޓީ،" މީކާއިލް ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން އަނެއްކާ މި މައްސަލަ އަވަސްކުރަން ރައްޔިތުންގެ މަޖިލީހަށް ދަންނަވާ ހިސާބަށް ދިއުމަކީ، އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއްހެން. ރައްޔިތުންނަށް ހަޖޫ ޖެހުން ހުއްޓާލައި ބިލު އަވަސްކުރަން އެދެންގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މީގެއިތުރުން، ކުއްލި މައްސަލަތައް ހުށަޅަން ފުރުސަތު ނުދީ މައިނޯރިޓީގެ އަޑު ކަނޑުވާލަން މަސައްކަތް ކުރަމުންދާތަން ފާޅުގައި ފެންނަމުންދާ ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މައްސަލައާ ގުޅިގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށް މީކައީލް ވަނީ ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، އެ މައްސަލައިގެ ބިލު ލަސްކުރުމަށާއި އަވަސް ކުރުމަށް ސަރުކާރުން ނާންގާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ މެދު ގޮތެއް ނުނިމި ލަސްވާތީ، އެމްޑީޕީގެ ނުރުހުންތަކެއް ---- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، މައުރޫފް ގަބޫލުކުރައްވާ ގޮތުގައި، އެކަމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބޮލުގައި އެ އިޒްރޭލް ޕާސްޕޯޓު ބިލު ލަސްކުރާ ކަމުގެ ތުހުމަތު އެޅުވުމެވެ. އެގޮތުން، މިއަދުގެ ކުއްލި މައްސަލަ އެ ޕާޓީން ހުށަހެޅީ އެކަން މަޖިލީހަށް އަމާޒުވާތީކަން މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހި ރައްޔިތުންނަށް ހަޖޫ ޖަހައި އޮޅުވާލައި ބޮޑު ސިޔާސީ ކަމަކަށް މި ކަން ހަދައި ސަރުކާރުން ގެންދާ ގެންދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ސަރުކާރުން ބޭނުންވާ ކަންކަން އެއް ދުވަހުން ވާއިރު ކީއްކުރަންތޯ ބަޔާނެއް ނެރެންވީކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

އެމްޑީޕީން މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ކުށްވެރިކުރުން ފިޔަވާ ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ. އެހެންވެ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން އެ މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަން އިއުލާނުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެކަމަކު، އެ މަސައްކަތް މަޖިލީހުގައި ކުރިއަކަށް ނުދެއެވެ.

comment ކޮމެންޓް