ކަފިހިހުރަސް މަތިން މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހުން: މީހަކު ހައްޔަރެއް ނުކުރޭ

މީހަކު މަގު ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަފިހިހުރަސް މަތީން ހިނގާފައި ދިޔަ ތިން އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލުން ޖެހުނު މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މަސައްލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ. އެ ކުޑަކުއްޖާއާ ބެހޭގޮތުން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަޖީދީ މަގު، ވިލާ މާޓު ކައިރީގައި އޮންނަ ކަފިހިހުރަސް މަތިން ކުޑަކުއްޖަކު ހިނގާފައި ދަނިކޮށް ސައިކަލަކުން ޖެހުނީ މިމަހުގެ 10ވަނަ ދުވަހުގައެވެ.

https://sun.mv/197751

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އެ ދުވަހުގެ 15:40ކަށް ހާއިރެވެ.

މި ހާދިސާގައި އެ ކުއްޖާ ވެއްޓި، ނިތްކުރިމަތި ދުޅަވެފައިވާކަމަށް ފުލުހުން އޭރު ވަނީ މައުލޫމާތު ދީފައެވެ. އަދި ކުއްޖާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަަމަށްވެސް ފުލުހުން އޭރު ބުންޏެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވި މީހާއަކީ ލައިސެންސް އޮތް މީހެއް ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް