ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

އެއާޕޯޓުގައި ފަތުރުވެރިންތަކެއް: ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެއްސަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 14:45ހާއިރު ކަމަށެވެ. އެގޮތުން ތުހުމަތު ކުރެވެނީ، ފަތުރުވެރިންނަށް ޚާއްސަ ކޮށްފައިވާ އަތިރިމަތީ ސަރަހައްދުގައި ހުއްޓާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފަތުރުވެރިންނަށް ފުރައްސާރަކުރުމުގެ މަދު މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

Redstar
comment ކޮމެންޓް

comment ވިސްނާމީހާ

2 month 4 day ago

ކަލޭން ތިއަޑުއަނީ ފަތުރުވެރިޔާ ބުނާއެއްޗެއްދޯ ބަލަ އެއަކީ 18 ނުފުރޭ ކުޑަކުއްޖެއްތޯ ؟ ނޫނީ ބަޔަކަށް ގޯނާކުރާތަން ފެނުނީތޯ ؟ 02 ހެކި ބޭނުންވޭ ސާބިތު ކުތުމަށް ކީއްވެގެން ތޯ

comment ލލ

2 month 4 day ago

ރާއްޖެ ބަދުނާމް ކުރާ ޓޫރިސްުޓުން ވެސް އުޅޭނެ، އެފަދަމީހުން ދަނެގަންނަންޖެހޭ

comment އުޖޫބު

2 month 5 day ago

މިފަދަ މީހުންނާއި މެދު ވަރަށްސީރިއަސްކޮށް ވިސްނާ ބޮޑުކުށަކަށް ހަދައި ބޮޑެތިއަދަބުދޭންޖެހޭ. ކުރާ އެންމެ ކަމަކުން މުޅިއިގްތިސޯދް އިނދަޖެހިދާނެ. ޓުއަރިސްޓުންގެ ރައްކާތެރިކަމަށް ޓުއަރިސްޓް ފުލުހުން އުފައްދަންޖެހޭ.

reply ނަނަސް

2 month 4 day ago

ފަތުރުވެރިންނަށް ހިދުމަތްދޭ މަހުޖަނުންގެ މަސްލަތަކަށް ބުރޫ އަރާ ކަހަލަ ކަމެއްގައި ވިއްޔާ އަވަސް އަދި ހަރުކަށި އަދަބު ހަމަ ވަގުތުން ދޭން ގޮވާލަން! (އާދައިގެ ދިވެއްސެއްގެ ހައްގަކަށް އަރައިގަތީމާ އަޅާނުލިޔަސް ދޯ؟)

comment ލަކީ ޑްރޯ

2 month 5 day ago

ފަތުރުވެރިކަން ފުނޑުނަ ނުދީ އެކަހަލަ ސަރަހައްދުތަކަށް ބައެއް މީހުނަށް ގާތް ނުވެވޭ ގޮތަށް ހަދަންޖެހޭ އެބަ.