ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަނިކޮށް 3 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލުން ޖެހިއްޖެ

ކަފިހި ހުރަސް މަތިން ބަޔަކު ހުރަސް ކުރަނީ: މަގު ހުރަސްކުރަނިކޮށް ތިން އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި މިއަދު ވަނީ ސައިކަލުން ޖެހިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަނިކޮށް ތިން އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާ ހިނގާފައި ވަނީ މަޖީދީ މަގު، ވިލާ މާޓު ކައިރީގައި ކަމަށެވެ.

އެ ސަރަހައްދުގައި ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް 15:40 ކަށް ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެ ކުއްޖާ ވެއްޓި، ނިތްކުރިމަތި ދުޅަވެފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ. އަދި ކުއްޖާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލު ދުއްވި މީހާއަކީ ލައިސެންސް އޮތް މީހެއް ކަމަށާއި އަދި އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް