''އެޕަލް ބިޒްނަސް ކަނެކްޓް'' ޚިދުމަތަށް އައު ފީޗާތަކެއް ތަޢާރަފުކޮށްފި

އެޕަލް ބިޒްނަސް ކަނެކްޓް އަކީ ވިޔަފާރިތަކަށް ޚާއްޞަ ޚިދުމަތެއް ---

އެޕަލް ބިޒްނަސް ކަނެކްޓްގެ އިތުރު ފީޗާތައް ތަޢާރަފުކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރަން ނިންމައިފިއެވެ.

އެޕަލްއިން އިއުލާނުކުރި ގޮތުގައި، އެ ކުންފުނީގެ "އެޕަލް ބިޒްނަސް ކަނެކްޓް" ޚިދުމަތަށް އައު ފީޗާތަކެއް ތަޢާރަފުކޮށްފައިވާއިރު، މި އަޕްޑޭޓާ އެކު، ވިޔަފާރިތަކަށް އެޕަލްގެ އެޕްލިކޭޝަންތަކުގައި އިތުރު މަޢުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެޕަލްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އައު އަޕްޑޭޓާ އެކު ވިޔަފާރިތަކަށް އެޕަލް ވޮލެޓް، މެއިލް އަދި މެޕްސް އެޕްތަކުގައި އެ ވިޔަފާރިއެއްގެ މަޢުލޫމާތު ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ސްޕޭމް ކޯލްތައް މަދުކުރުމަށްޓަކައި، ވެރިފައިކޮށްފައިވާ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ގުޅާއިރު އެ ވިޔަފާރިއެއްގެ މަޢުލޫމާތު ދައްކާނެއެވެ.

އެޕަލް އިން ހާމަކުރި ގޮތުގައި، "ބްރޭންޑެޑް މެއިލް" ފީޗާ ބޭނުންކުރުމަށް ވިޔަފާރިތަކުން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. މި ފީޗާއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވިޔަފާރިއެއް ވެރިފައިވުމުން، އެ ވިޔަފާރިއެއްގެ ލޯގޯ ކަސްޓަމަރުންނަށް ފެންނަން ފަށާނެކަމަށް އެޕަލްއިން ބުނެފައިވެއެވެ. މި ބަދަލު އަންނާނީ އަންނަ މަސްތަކުގެ ތެރޭގައި ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، "ބިޒްނަސް ކޯލާ އައިޑީ" ކިޔާ އައު ފީޗާއެއް ތަޢާރަފުކުރާކަން ވެސް އެޕަލްއިން ހާމަކޮށްފައިވެއެވެ. މި ފީޗާ މެދުވެރިކޮށް، ވިޔަފާރިއަކުން ކަސްޓަމަރަކަށް ގުޅާއިރު، ގުޅާ މުވައްޒަފެއްގެ ނަމާއި، ޑިޕާޓްމަންޓް އަދި ކުންފުނީގެ ލޯގޯ ދެއްކޭނެއެވެ.

މި އައު ފީޗާތަކާ އެކު، ވިޔަފާރިތަކަށް ކަސްޓަމަރުންނާ އިތުރަށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭނެ ބެލެވެއެވެ. އަދި މިއީ ސްޕޭމް ކޯލްތައް މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ފާހަގަކުރެވެއެވެ.

comment ކޮމެންޓް