ވީއައިއޭގެ ކުރީގެ ރަންވޭ މަރާމާތުކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފި

އެއާޕޯޓުގެ މިހާރުގެ ޓެކްސީވޭ މަރާމާތު ކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ އަމަން ލަތީފް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ މަރާމާތު ކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ މިއަދު ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ވަނީ ބީޔޫސީޖީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޝަރީފެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލޫ ވެއިއެވެ.

އެއާޕޯޓުގެ މިހާރުގެ ޓެކްސީވޭ މަރާމާތު ކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ އަމަން ލަތީފް

ބާ ރަންވޭ ޒަމާނީ ކުރުމުގެ މަސައްކަތް މިއަދު ބީޔޫސީޖީއާ ހަވާލުކޮށްފައި ވާއިރު އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ރަންވޭއަކީވެސް އެ ކުންފުނިން ހަދާފައިވާ ރަންވޭއެކެވެ.

މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރު އެ ރަންވޭ ވަނީ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފައެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭއަށް ކަމެއް ދިމާވެއްޖެނަމަ ދެން ބޯޓުތައް ޖައްސާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އެއީ އޭގެ އަސަރު މުޅި އިގުތިސާދަށް ކުރާނެ ކަމެއް ކަމަށާއި ޓެކްސީވޭ އަލުން މަރާމާތުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުގެ މިހާރުގެ ޓެކްސީވޭ މަރާމާތު ކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާރުގެ ތެރެއިން --- ސަން ފޮޓޯ/ އަމަން ލަތީފް

އެއާޕޯޓުގައި އެންމެ ފުރަތަމަ ބޭނުންކުރަންފެށި ރަންވޭއާއި މިހާރުގެ ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރުގައެވެ.

މި ރަސްމިއްޔާތުގައި އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޝިންގެ އިތުރުން އެމްއޭސީއެލްގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

comment ކޮމެންޓް