އަންނަ އަހަރު ގްރޭޑް އެކަކަށް ދަރިވަރުން ވައްދަން މާދަމާ ހުޅުވާލަނީ

ދަރިވަރުންތަކެއް: އަންނަ އަހަރު ސުކޫލުތަކަށް ގްރޭޑް އެކަކަށް ދަރިވަރުން ވައްދަން މާދަމާ ހުޅުވާލާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ދިރާސީ އަހަރު ސުކޫލުތަކުގެ ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ގްރޭޑް އެކަކާ އެއްކޮށް ސަރުކާރު ސުކޫލުތަކުގެ އެލްކޭޖީއާއި ޔޫކޭޖީއާށް ދަރިވަރުން ވައްދަން ވެސް މާދަމާ ހުޅުވާލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ، އަތޮޅުތެރޭގައި ހުރި ސުކޫލުތަކަށް ދަރިވަރުން ވައްދަން މިހާރު ފޯމުތައް ދޫކުރަން ފަށައިފައިވާ ކަމަށާއި މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމު މެދުވެރިކޮށް ކަމަށެވެ.

ދަރިވަރުންތަކަކާއި ޓީޗަރެއް: އަންނަ އަހަރު ސުކޫލުތަކަށް ގްރޭޑް އެކަކަށް ދަރިވަރުން ވައްދަން މާދަމާ ހުޅުވާލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ގްރޭޑުތަކަށް ދަރިވަރުން ވައްދަން އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި، އެ ސުންގަޑި ހަމަވުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައިނުގަތުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެހެންކަމުން، ވީ އެންމެ އަވަހަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު އެޑިއުކޭޝަން މިނިސްޓްރީން، ދިރާސީ އަހަރު ދަރިވަރުން ސުކޫލަށް ވެއްދުމާއި ސުކޫލުން އަނެއް ސުކޫލަށް ދަރިވަރުން ބަދަލުކުރާއިރު އަމަލުކުރުމާ ގުޅޭގޮތުން ނެރުނު ސާކިއުލާއެއްގައި ވަނީ ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މިއަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.

comment ކޮމެންޓް