މީހެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށް، ދެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
ރަން ފަށެއް ފޭރުނު ކަމަށް ބުނާ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި އަމަލު ހިންގާފައި ވަނީ މިދެމީހުން ބައިވެރިވެގެންކަން ކޯޓު އަމުރުން އިނގެއެވެ.
އެގޮތުން މި ދެމީހުން ބައިވެރިވެގެން މީހެއްގެ ކަރުގައި އޮތް ރަން ފަށް ފޭރުނު ކަމަށާއި އެތަން އެވަގުތު މަގުމަތީގައި ހުރި މީހަކަށް ފެނިފައި ވާކަމަށް ވެސް އެ ކޯޓުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ވަނީ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރަކަށް ހެކި ހުށަހެޅިފައި ވުމުން ކަމަށެވެ.
އަމުރުގައި ވަނީ އެ ދެމީހުން ބަންދުގައި ބަހައްޓަން ޖެހޭނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 13ވަނަ މާއްދާގެ ދަށުން ކަމަށެވެ.
މި ދެމީހުންނަކީ ވެސް މިފަދަ މައްސަލަތަކުގެ ރިކޯޑު އިތް ދެމީހުންނެވެ.