މީޑިއާތަކަށް ޚާއްސަކޮށް ބާއްވާ، މިއަހަރުގެ ބްރޯޑްކާސްޓް ކަޕް މާދަމާ ފަށަނީ

މުބާރަތަށް ގުރު ނެގުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގެ މެޗުތައް މާދަމާ ފަށަނީ ---

މީޑިއާތަކަށް ޚާއްސަކޮށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބާއްވާ މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގެ މެޗުތައް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މުބާރާތާ ގުޅުވައި 'ސަން'އަށް މައުލޫމަތު ދެއްވަމުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، މިދިޔަ އަހަރު ތައާރަފުކުރި މިމުބާރަތުގެ ވާދަވެރިކަން ވަރަށް ބޮޑު ކަމަށެވެ.

އެގޮތުން، މާދަމާ މުބާރާތުގެ މެޗުތައް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

އެބޭފުޅުންނަށް ގިނަ ވަގުތު މީޑިއާގައި މި ހޭދަ ކުރެވެނީ. މިކަހަލަ ކަމެއް ބާއްވާލީމަ އެބޭފުޅުން މެންޓަލީ، ސޯޝަލީ ހުރިހާ ގޮތަކުން އެންގޭޖްވެ، އަޅުގަނޑުމެން ބްރޯޑްކޮމްއާއެކީ މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އުންމީދުކޮށްމި ކަޕް ތައާރަފްކުރީ

މި މުބާރާތުގައިި ޖުމްލަ އަށް ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މުބާރަތަށް ގުރު ނެގުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގެ މެޗުތައް މާދަމާ ފަށަނީ ---

އެ ގުރޫޕްތައް ބެހުމަށް މިދިޔަ އަންގާރަ ދުވަހު ވަނީ ގުރު ނަގާފައެވެ. އެގޮތުން، ޓީމް އެކެއްގައި ހިމެނެނީ ޕީއެސްއެމް ނިއުސްއާއި ވަގުތު ޕްލަސްއާއި އަސްލު ޓީވީ އަދި ބްރޯޑްކޮމް ޓީމެވެ. ގްރޫޕް ދޭއެއްގައި ހިމެނެނީ ޓީވީއެމްއާއި އެސްއެސް ޓީވީއާއި ވީޓީވީ އަދި އައިސްޓީވީއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ހެނދުނު 7:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ވާދަކުރާނީ ވަގުތާއި ޕީއެންއެސްއެމް ނިއުސްއެވެ.

މީގެއިތުރުން، މުބާރާތުގެ ފައިނަލާއި ސެމީ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަނޑައަޅާނީ މާދަމާގެ ގްރޫޕް ސެޓޭޖުން މޮޅުވާ ޓީމުތަކެވެ. އެ މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުއެވެ.

މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުޓްސަލް ދަނޑުގައެވެ.

comment ކޮމެންޓް