28 ފުޅި ބަނގުރަލާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

28 ފުޅި ބަނގުރަލާއެކު، ބިދޭސީއަކު ހައްޔަރުކޮށްފި --- ފޮޓޯ/ ފުލުހުން

ބަނގުރާ ފުޅިތަކަކާ އެއްކޮށް ބިދޭސީއަކު ރޭ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ތަރިންދު މަހޭސްހަކައެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.

އެގޮތުން، އަމީން އެވެނިއު ކައިރިން އެ ކާރު ހުއްޓުވައި ބަލާ ފާސްކުރިއިރު، 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، އެ މީހާ ދުއްވި ކާރު މިހާރު ޓޯކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލަ ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން ވެސް ހަރަކާތްތެރިވެއެވެ. އެގޮތުން، މި ފަހުން ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހުޅުމާލޭ ތިންވަނަ ފިޔަވަހިން، ދެ ބިދޭސީން އަތުލައިގެންފައެވެ. މި ފަދަ މައްސަލަތައް މަދު ކުރުމަށް ފުލުހުން އަންނަނީ އެ މީހުންގެ ވަނަވަރު ހާމަކުރަމުންނެވެ.

comment ކޮމެންޓް