ވޭޕް ކުރުމުގެ ނުރަނގަޅު އާދައާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ސުކޫލުތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު ސިލްސިލާ ބައްދަލުވުންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މާލެ ސަރަހައްދުގެ ސުކޫލުތަކުގެ އިސްވެރިންނާއި ޕީޓީއޭއަށް ޚާއްސަކޮށް ރޭ ސީއެޗްއެސްއީގައި ވަނީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ.

ރޭ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން: ވޭޕް ނުކުރަން ހޭލުންތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކާއެކު ސިލްސިލާ ސެޝަންތަކެއް ފަށައިފި ---- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
އެ ސެޝަންގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ބައިވެރިވެވަޑައިގެންފައިވާއިރު، ސުކޫލު އުމުރުފުރައިގެ ދަރިވަރުން ވޭޕް ކުރުމާ ދުރުކުރުމަށް ސުކޫލާއި ބެލެނިވެރިންނާ ގުޅިގެން ކުރެވޭނެ ކަންތަކާ ގުޅުވައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން ބުނީ، މި ސެޝަންތައް ސިލްސިލާކޮށް، ރާއްޖޭގެ ހުރިހާ ސުކޫލުތަކެެއްގައި ކުރިއަށް ގެންދާނެ ކަމަށާއި އެ ސެޝަންތައް ކުރިއަށް ދާނީ އޮންލައިކޮށް ކަމަށެވެ.

ރޭ ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން: ވޭޕް ނުކުރަން ހޭލުންތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކާއެކު ސިލްސިލާ ސެޝަންތަކެއް ފަށައިފި ---- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
ރޭގެ ސެޝަންގައި މައުލޫމާތު ދެއްވި ބޭފުޅުންގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދާއި ސްކޫލް ސޭފްޓީ އެންޑް ހެލްތް ޑިވިޒަންގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ޑރ. މުޙައްމަދު ޢަލީ ހިމެނެއެވެ.
ރާއްޖޭގައި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވޭޕް ބޭނުންކުރާ އަދަދު އިތުރުވަމުން އަންނައިރު، އޭގެތެރޭގައި، ސުކޫލުގައި ކިޔަވާ ކުދިން ވެސް ހިމެނެއެވެ.
comment އަލްޖިބްރާ
7 month 4 week ago
ވޭޕް އާއި ދުރުކުރުވަން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ދަރިވަރުންތަ ؟
comment ނުކިޔަވާ މީހާ
7 month 4 week ago
މާ ގިނަ ވާހަކަ ނުދައްކާ ވޭޕް މަނާކޮށްބަލަ