ސެލޫންތަކާއި ސްޕާތަކުން ބިދޭސީ އަންހެނުންތަކެއް އަތުލައިގެންފި، ވަޒީފާ ދިން ހަތް މީހަކަށް ނޯޓިސް

ސްލޫންތަކާއި ސްޕާތަކަށް ޚާއްސަކޮށް ހިންގި އިންސްޕެކްޝަންގެ ތެރެއިން: ސެލޫންތަކާއި ސްޕާތަކުން ބިދޭސީ އަންހެނުންތަކެއް އަތުލައިގެން، ވަޒީފާ ދިން ހަތް މީހަކަށް ނޯޓިސް ދީފި ---- ފޮޓޯ/ އިމިގްރޭޝަން

މާލެ ސަރަަހައްދުގައި ހިންގާ ސްލޫންތަކާއި ސްޕާތަކުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އަންހެނުންތަކެއް ހޯދުމަށްފަހު، އެ މީހުންނަށް ވަޒީފާދިން ހަތް މީހަކަށް އިމިގްރޭޝަނުން ނޯޓިސް ދީފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ސްޕާތަކުގެ މަސައްކަތް ކުރާ ބިދޭސީންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް އުޅޭ ބައެއްތޯ ބެލުމަށް އިއްޔެ ޚާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.

ސްލޫންތަކާއި ސްޕާތަކަށް ޚާއްސަކޮށް ހިންގި އިންސްޕެކްޝަންގެ ތެރެއިން: ސެލޫންތަކާއި ސްޕާތަކުން ބިދޭސީ އަންހެނުންތަކެއް އަތުލައިގެން، ވަޒީފާ ދިން ހަތް މީހަކަށް ނޯޓިސް ދީފި ---- ފޮޓޯ/ އިމިގްރޭޝަން

އެ އިންސްޕެކްޝަންގެ ތެރެއިން 22 ތަނެއް ބަލާ ފާސްކޮށް، ނުގަވައިދުން އުޅޭ ހަތް ބިދޭސީ އަންހެނުން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެ މީހުންނަށް ވަޒީފާދިން މީހުންގެ ތެރެއިން ހަތް މީހަކަށް ނޯޓިސް ދިން ކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވާއިރު، މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޓީމެއް ވެސް ބައިވެރިވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ތަފާތު ރެއިޑްތައް ހިންގަމުންނެވެ.

ސެލޫންތަކާއި ސްޕާތަކުން ބިދޭސިން އަތުލައިގަތުމަށް ހިންގި އިންސްޕެކްޝަންގެ ތެރެއިން: އެތަންތަނުން ހަތް ބިދޭސީއަކު އަތުލައިގަނެ، ވަޒީފާ ދިން ހަތް މީހަކަށް ވަނީ ނޯޓިސް ދީފައި ---- ފޮޓޯ/ އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް ޚާއްސަކޮށްގެން ''އިމިގްރޭޝަން ވޮޗް''ގެ ނަމުގައި ޕޯޓަލްއެއް ތައާރަފުކޮށްފައިވަނީ ވެސް އެ މަސައްކަތުގެ ތެރެއިންނެވެ.

އިމިގްރޭޝަންގެ ވޮޗްގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެެއެވެ.

comment ކޮމެންޓް