ނުގަވާއިދުން ހޮޓާތަކެއްގައި ދިރިއުޅޭ ބިދޭސީންތަކެއް އަތުލައިގެންފި

ނުގަވައިދުން ހޮޓާތަކެއްގައި އުޅޭ ބިދޭސީންތަކެއް އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނުގެ ތެރެއިން: އެތަންތަނުން ހަތް ބިދޭސީން އަތުލައިގަނެފައިވޭ --- ފޮޓޯ/ އިމިގްރޭޝަން

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަނާއި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަންގެ ޓާސްކްފޯހުން ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން މިދިޔަ ހޯމަ ދުވަހު މާލޭން ހަތަރު ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި، ދެ ހޮޓަލާއި ދެ ގެއެއް ހިމެނޭއިރު، އެތަންތަނުގައި އުޅޭ ހަތް ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބިދޭސީން އަތުލައިގަތް ތަން: ނުގަވައިދުން ހޮޓާތަކެއްގައި އުޅޭ ބިދޭސީންތަކެއް އަތުލައިގެންފި--- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބިދޭސީންތައް އަތުލައިގަތީ ވަރަށް މުޑުދާރުކޮށް، ކައްކާ ހޮޓާތަކަކުންނެވެ. އެތަންތަނުގައި ބޭނުންކުރާ ސާމާނާ އެތަން ވެސް ސާފުނުކޮށް ގިނަދުވެސްވެފައިވާ ތަން ފޮޓޯތަކުން ފެނެއެވެ.

ބިދޭސީން އަތުލައިގަތް ތަން އޮތް ގޮތް: މި ހޮޓާތަކުގައި ދިރިއުޅޭ ހަތް ބިދޭސީއަކު އަތުލައިގެންފައިވޭ ---- ފޮޓޯ/ އިމިގްރޭޝަން

ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

https://sun.mv/196583

އެ އޮޕަރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް