ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީން ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފި--- ފޮޓޯ/ އިމިގްރޭޝަން

މާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު ތަނެއް ބަލައި ފާސްކޮށް 16 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މި ކަން ހާމަކުރީ އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އިމިގްރޭޝަނުން ބުނީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ މާފަންނުގައި ހުންނަ ހަތަރު ގެއެއް ބަލައި ފާސްކޮށްފައި ވާކަމަށެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފި--- ފޮޓޯ/ އިމިގްރޭޝަން

އޭގެ ތެރެއިން ބައެއް ތަންތަނަކީ، ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަންތަން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެއާއެކު އެ ތަންތަނުގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ އެ އިދާރާއިން ބުނެފައެވެ.

އިމިގްރޭޝަނާއި ފުލުހުންގެ އިތުރުން އިކޮނޮމިކް މިނިސްޓަރީއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބީދޭސީން ހޯދައި، އެ ފަރާތްތައް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފި--- ފޮޓޯ/ އިމިގްރޭޝަން

މި އޮޕަރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް ވެސް މީގެ ކުރިން އިމިގްރޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް