މާލެ ސަރަހައްދުގައި ބިދޭސީން އުޅޭ ތަންތަން ފާސްކުރަން ޚާއްސަ އޮަޕަރޭޝަނެއް ފަށައިފި

އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން: މާލެ ސަރަހައްދުގައި ނުގަވައިދު ބިދޭސީން އުޅޭ ހުރިހާ ތަނެއް ބަލާ ފާސްކުރަން ޚާއްސަ އޮަޕަރޭޝަނެއް --- ފޮޓޯ/ އިމިގްރޭޝަން

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަންގެ ދަށުން އިއްޔެ މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ނުގަވައިދުން އުޅޭ 13 ބިދޭސީން އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ، ނުގަވައިދުން އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް ވެސް މި އޮޕަރޭޝަންގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި މާލެ ސަރަހައްދުގައި ނުގަވައިދުން ބިދޭސީން އުޅޭ ހުރިހާ ތަނެއް ބަލައި ފާސްކުރާނެ ކަމަށެވެ.

މީގެއިތުރުން، އޮޕަރޭޝަންގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

https://sun.mv/196574

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓަކައި މި ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ފަށައިފައެވެ. އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

comment ކޮމެންޓް