ދިރާގުގެ އަހަރީ ދުވަހު މި ފަހަރު ދެނީ އަގު ބޮޑު ލޯންޗެއް

ދިރާގު އަހަރީ ދުވަހާއި ގުޅުވައިގެން "ވިން އަ ސްޕީދް ބޯޓު" ޕްރޮމޯޝަން ހުޅުވާލުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އަމަން ލަތީފް

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ކަސްޓަމަރުންނަށް ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފިއެވެ.

ދިރާގު "ވިން އަ ސްޕީޑްބޯޓް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އާ އަލް ޝާލީ މެރިން ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ.

ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަފައެވެ.

ކަސްޓަމަރުންނަށް ޕްރޮމޯޝަންގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ޑިސެމްބަރު 16 ގެ ކުރިން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ދިރާގުން ބުނީ، މިދިޔަ އަހަރުގެ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބަށް ބަލައި މި ފަހަރު އެއަށްވުރެ ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

https://sun.mv/193322

"މި ހައި ސްޕީޑް ލޯންޗަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް،" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުން ބުނީ އަލް ޝާލީ މެރިން މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ ޕްރިމިއަމް އަދި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިންކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެއް ކަމަށެވެ. މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ނަން މަޝްހޫރު އައުޓްބޯޑް އިންޖީނަށް ޚާއްސަ ބްރޭންޑެކެވެ.

ދިރާގުން ބުނީ، ބޮޑު އިނާމުގެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން، ސްޕޯޓްސް ފިޝިން ގިއާ، ގޯޕްރޯ ހީރޯ، މިނީ ޑްރޯން، އަދި ފްރީ ޑައިވިން ގަޑިއެއް ހިމެނެއެވެ.

comment ކޮމެންޓް