ހުކުރު ދުވަހު، އުރީދޫން އައިފޯން 16ގެ ޕްރީއޯޑަރަށް ހުޅުވާލަނީ

ޕްރީއޯޑާ ކުރަން ފެށޭ ގަޑިއަށް އުރީދޫއިން ވަނީ ކައުންޓްޑައުންއެއް ވެސް ފަށައިފައި --

އަންނަ ހުކުރު ދުވަހު، އުރީދޫއިން އައިފޯން 16 ގެ ޕްރީއޯޑަރަށް ހުޅުވާލާނެ ކަމަށް ބުނެފިއެވެ.

އުރީދޫއިން ބުނީ 20 ސެޕްޓެމްބަރުވާ ހުކުރު ދުވަހުގެ 00:00 އިން ފެށިގެން އައިފޯން 16 ސީރީޒް، ޕްރީ އޯޑާ ކުރެވޭނެ ކަމަށެވެ. އެ ވަގުތަށް އުރީދޫއިން ވަނީ ކައުންޓްޑައުންއެއް ވެސް ފަށައިފައެވެ.

އައިފޯން 16 އަދި އައިފޯން 16 ޕްލަސްގެ ފީޗާތަކުގެ ތެރޭގައި މުޅިން އާ އޭ18 ޗިޕް ހިމަނާފައިވާއިރު ކެމެރާ ކޮންޓްރޯލް، އެޑްވާންސްޑް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑްތައް ހިމެނެއެވެ.

އައިފޯން 16 ގެ މޮޑެލްތަކެއް --

އަދި އެއީ އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދައި ބެޓެރީ ލައިފް އިތުރަށް ރަނގަޅުކޮށްފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕްގެ އެހީގައި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ މޮޑެލްތަކެކެވެ.

https://sun.mv/196536

އައިފޯން 16 ނެރެފައިވަނީ ދެ ސައިޒެއްގައެވެ. އެއީ 6.1 އިންޗީގެ އައިފޯން 16 އަދި 6.7 އިންޗީގެ އައިފޯން 16 ޕްލަސްއެވެ.

comment ކޮމެންޓް