ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފި

އެމްޕީއެލް ފްލެޓުތައް ކައިރީ ކެރޭން ފުރޮޅާލާފައި: މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ/ އަމަން ލަތީފް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ކެރޭނެއް ފުރޮޅާލައިފިއެވެ.

އެކަމާ ގުޅުވައި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ފްލެޓުތައް ކުރިމަތީ ކްރޭނެއް ފުރޮޅާލާފައިވާތަން ފެނެއެވެ.

އެމްޕީއެލް ފްލެޓުތައް ކައިރީ ކެރޭން ފުރޮޅާލާފައި: މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ/ އަމަން ލަތީފް

މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްރޭނެއް ފުރޮޅާލައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރި ކިހިނެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެމްޕީއެލް ފްލެޓުތައް ކައިރީ ކެރޭން ފުރޮޅާލާފައި: މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ/ އަމަން ލަތީފް

ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ތެރެއިން މީގެ ކުރިން ވެސް ބައެއް ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ.

comment ކޮމެންޓް