ބިއްލޫރި ޝީޓުތަކެއް ވެއްޓުނު ހާދިސާ: ބިދޭސީއަކު މާލެ ގެނެސް ފަރުވާދެނީ

ފުވައްމުލަކު ސިޓީ: ފުވައްމުލަކުގައި ބިއްލޫރި ޝީތުތަކެއް ވެއްޓި 4 މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ އެމްވީކްރައިސިސް

ފުވައްމުލަކު ސިޓީގައި މިއަދު ހެނދުނު ބިއްލޫރި ޝީޓުތަކެއް ވެއްޓި ހަތަރު މީހުން ޒަޚަމްވިއިރު، އޭގެ ތެރޭގައި ހިމެނޭ ބިދޭސީއެއް އިމަޖެންސީކޮށް ހެހިކޮޕްޓަރުގައި މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން އަންލޯޑް ކުރަން އުޅުނު ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރެއިންނެވެ.

https://sun.mv/196722

އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ދިވެއްސަކާއި ދެ ބިދޭސީންނަށް ކަމަށް ފުލުހުން މައުލޫމާތުދިނެވެ. އަދި މިހާރު އަނިޔާވި ހަތަރު މީހުން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ ވިދާޅުވީ މިއަދު 15:30ހާއިރު، އެ ބިދޭސީމީހާ އިމަޖެންސީކޮށް، ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ދެ ދިވެހިންނާއި އަނެއް ބިދޭސީ މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް