ފުވައްމުލަކުގައި ބިއްލޫރި ޝީޓުތަކެއް ވެއްޓި 4 މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީ: ފުވައްމުލަކުގައި ބިއްލޫރި ޝީތުތަކެއް ވެއްޓި 4 މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ އެމްވީކްރައިސިސް

ފުވައްމުލަކު ސިޓީގައި މިއަދު ހެނދުނު ބިއްލޫރި ޝީޓުތަކެއް ވެއްޓި، އެ އުފުލަން އުޅުނު ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އެ މައްސަލަ މިއަދު ހެނދުނު 09:32 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ، ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން އަންލޯޑް ކުރަން އުޅުނު ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުމުގެ ތެރެއިންނެވެ.

ފުވައްމުލަކު ސިޓީ: ފުވައްމުލަކުގައި ބިއްލޫރި ޝީތުތަކެއް ވެއްޓި 4 މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ އެމްވީކްރައިސިސް

އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ދިވެއްސަކާއި ދެ ބިދޭސީންނަށް ކަމަށް ފުލުހުން މައުލޫމާތުދިނެވެ. އަދި މިހާރު އަނިޔާވި ހަތަރު މީހުން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން އަދި ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންގެންދާ ކަމަށެވެ.

comment ކޮމެންޓް