އެޗްއާރުސީއެމްގެ މެންބަރަކަށް ހަބީބް އައްޔަން ކުރައްވައިފި

އެޗްއާރުސީއެމްގެ މެންބަރަކަށް ހަބީބް އައްޔަން ކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ހަބީބް އައްޔަން ކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހަބީބަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

75 މެންބަރުންގެ ވޯޓާއެކު، އެޗްއާރުސީއެމަށް ހަބީބް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 31ގައެވެ. އޭގެއިތުރުން، އެ ކޮމިޝަނަށް ހަބީބް އައްޔަން ކުރެއްވުމަށް ރައީސް އޭނާގެ ނަން ފޮނުއްވީ ޖުލައި 15ގައެވެ.

އެ މައްސަލަ ދިރާސާކުރަން 28 ޖުލައި ގައި އެ މައްސަލަ ދިރާސާކުރި ހިއުމަން ރައިޓްސް ކޮމިޓީން ޖުލައި 28ގައި ވަނީ އެ ކޮމިޓީއަށް ހަބީބް ހާޒިރުކޮށް އޭނާއާ އިންޓަވިއު ކޮށްފައެވެ.

އެކަމާ ގުޅުވައި ގޮތެއް ނިންމުމަށް ޖުލައި 30ގައި އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، ހަބީބަށް އެވަރެޖުކޮށް 75 ޕަސަންޓަށްވުރެ އިތުރަށް މެންބަރުން މާކްސް ލިބިފައިވާ ކަމަށެވެ.

https://sun.mv/194947

އީސީގެ މެންބަރުކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހަށެވެ. އޭނާ ވަނީ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ.

އީސީގެ ނައިބު ރައީސްކަމުގައި ހަބީބް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވަނީ ދެ ދައުރެއްގައެވެ. އެހެންވެ، ގާނޫނު ބުނާ ގޮތަށް އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެއްވެއެވެ.

comment ކޮމެންޓް