އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދު އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަން ހުށަހަޅުއްވައިފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހު މަޖިލީހަށް ފޮނުއްވި ސިޓީގައިވަނީ ނާޝިދު އެ މަގާމަށް އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ނިންމައި ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އެއާއެކު ނާޝިދު މަގާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ނަން ދިރާސާކުރުމަށް ވަނީ ފޮނުވައިފައެވެ.
މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އޭނާ އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.