އެހެންމީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރުފޯރުވި މީހަކު ހޯދަނީ

ހުއްދަނޫން ގޮތެއްގައި މީހެއްގެ މުދަލަށް ބާރުފޯރުމުގެ ކުށުގައި ހޯދަމުން އަންނަ ތ. ތިމަރަފުށީ ކަށިކެޔޮމާގޭ އުމުރުން 27 އަހަރުގެ ރިޝާމު ރަޝީދު --- ފޮޓޯ/ ސަރުކާރު

އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ އޭނާގެ ވަނަވަރު އާންމުކޮށްފައެވެ. މި މައްސަލައިގައި ހޯދަނީ ތ. ތިމަރަފުށީ ކަށިކެޔޮމާގޭ އުމުރުން 27 އަހަރުގެ ރިޝާމު ރަޝީދެވެ.

މި މީހާއަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެކެވެ.

އަދި ބަންދުގައި ބަހައްޓައިގެން މިމީހާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ރިޝާމު ހޯދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަަށާއި ބަންދުގައި ބަހައްޓައިގެން މިއަދުގެ 13:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލިހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ރިޝާމު ރަޝީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް