ފިޝަރީސް ކޮލެޖުގެ ފުރަތަމަ ޑީންއަކަށް ރިޔާޒް އައްޔަން ކުރައްވައިފި

ފިޝަރީސް ކޮލެޖުގެ ފުރަތަމަ ޑީންއަކަށް އައްޔަން ކުރެއްވި ރިޔާޒާއި އެމްއެންޔޫގެ ބައެއް އިސްވެރިން --- ފޮޓޯ/ ޗާންސެލާ ޝައުގީ

ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ގާއިމުކުރާ ފިޝަރީޒް ކޮލެޖުގެ ފުރަތަމަ ޑީންއަކަށް ޑރ. އަހްމަދު ރިޔާޒް ޖައުހަރީ އައްޔަން ކުރައްވައިފިއެވެ.

އެމްއެންޔޫގެ ޗާންސެލާ ޑރ. މުޙައްމަދު ޝައުގީ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ކޮލެޖުގެ ފުރަތަމަ ޑީންއަކަށް ޑރ. ޖައުހަރީ އައްޔަން ކުރައްވާފައިވާ ކަމަށް ވިދާޅުވެ ރިޔާޒަށް މަރުހަބާ ދަންނަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހަފްތާގައި އެމްއެންޔޫއިން ވަނީ މަސްވެރިކަމާ ބެހޭ ކޯސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށުމަށް ނިންމައި، ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަފައެވެ. އެގޮތުން، އަންނަ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

https://sun.mv/195983

ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް (މަސްވެރިކަމާބެހޭ ކޯސްތައް)

  • ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިން ގައިޑިން - ފުލްޓައިމް (ބްލެންޑެޑް) މާލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ
  • ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
  • ނޭޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން
  • ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް - ފުލްޓައިމް (ބްލެންޑެޑް) މާލެ، ލ. ގަން

މިދިޔަ ޑިސެމްބަރު މަހު ފިޝަރީޒް މިނިސްޓްރީން އެމްއެންޔޫއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް މި ނިމުނު އޮގަސްޓު މަހު ފިޝަރީޒް ކޮލެޖުގެ ކޯސްތައް ފަށާނެ ކަމަށް އިއުލާން ކުރިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ފިޝަރީޒް ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ގާއިމުކުރާނެ ކަމަށެވެ.

ފިޝަރީޒް ކޮލެޖެއް ގާއިމްކޮށް، އެ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމް ކުރައްވާނެކަން އެ މަނިކުފާނު ހާމަކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

https://sun.mv/192244

ރާއްޖޭގެ ގިނަ ބަޔަކު އިހު ޒަމާނުން ފެށިގެން މަސްވެރިކަން ކުރި ނަމަވެސް އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރާ މީހުން ނިސްބަތުން ވަރަށް މަދެވެ.

comment ކޮމެންޓް