ހެޔޮ އަގުގައި އަދަބީ ފޮތްތައް ލިބޭ ފެންޑާ މައުރަޒު ދިވެހިބަހުގެ އެކެޑަމީން ފަށައިފި

---

ހެޔޮ އަގުގައި އަދަބީ ފޮތްތައް ލިބޭ "ފެންޑާ މައުރަޒު" ދިވެހިބަހުގެ އެކެޑަމީން މިއަދު ފަށައިފިއެވެ.

މިއީ ކޮންމެ އަހަރަކު ވެސް އެ އެކެޑަމީން ބާއްވަމުން އަންނަ މައުރަޒެކެވެ.

މި މައުރަޒުގައި އެ އެކެޑަމީގެ ފިތް ފިހާރަައިން ލިބެން ހުންނަ ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި ތާރީީޚީ ފޮތްތަކާއި ބަހާއި އަދަބިއްޔާތުގެ ފޮތްތަކާއި ވާހަކައާއި ނާވިލު ވެސް ލިބެން ހުންނާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ.

އޭގެ ތެރޭގައި "ދިވެހިބަހުގެ ގަވާއިދު 1،2،3،4 އާއި ބަހުގެ ހަމަތަކާ ގުޅޭ އަތްމަތީ ފޮތް "ފަހުބަސް" ފަދަ ފޮތްތައް ހިމެނެއެވެ.

މީގެ އިތުރުން މައުލޫމާތުން މުއްސަނދި، ސްކޫލު ދަރިވަރުންނަށް މުހިންމުވާނެ ބައެއް ފޮތްތައް ކަމަށްވާ، "ޖަމީލުގެ ޑްރާމާތައް"، "ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން" ވެސް ލިބެން ހުންނާނެއެވެ.

މި މައުރަޒުގައި ބަހުގެ އެކެޑަމީގެ ފޮތްތަކާއި އަމިއްލަ ލިޔުންތެރިންގެ ފޮތްތައް ވެސް ގަންނަން ލިބެން ހުންނާނެއެވެ.

މި މައުރަޒުގެ ތެރެއިން އާންމުކޮށް ފޮތް ވިއްކާ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ވިއްކަމުން އަންނައިރު، މާދަމާ ހަވީރު 5:00އާ ހަމައަށް މައުރަޒު ކުރިއަށް ދާނެއެވެ. މިއަދު ވެސް ހަވީރު 5:00އާ ހަމައަށް މައުރަޒު ހުޅުވައިފައި ހުންނާނެެއެވެ.

comment ކޮމެންޓް